"ޕީއެސް 2″ ގެ ޓްރެއިލާ ދައްކާލައިފި

"ޕީއެސް 2″ ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
01 އޭޕްރިލް 2023 11:14
0

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވަރްޔާ ރާއީ ފެނިގެންދިއަ ފިލްމް ޕޮނިޔިން ސެލްވަން (ޕީއެސް) އަކީ މިދިއަ އަހަރު ސެޕްޓެމްބަރުގައި ރިލީޒް ކޮށް، ބޮޑު ތަރުހީބެއް ލިބިގެންދިއަ ވަރަށް ކާމިޔާބު ފިލްމްއެކެވެ.

ފިލްމް އަށް ލިބުނު ކާމިޔާބީއާއި އެކުގައި ތާރީހީ އެކްޝަން އެޑްވެންޗާގެ ދެވަނަ ބައި އެއް ހަދަން ނިންމައި އެ ފިލްމް ސިނަމާތަކަށް ގެންނަ ދުވަސް ވަނީ އިއުލާން ކޮށްފައިއެވެ. އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ނިންމާފައިވާ މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމް ގެނެސްދޭ ތާރީހީ އެކްޝަން އެޑްވެންޗާއެކެވެ.

ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުމަން ގެ ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތް ތާރީހަކީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ސިނަމާތަކަށް ގެންނަން އޮތް ތާރީހެވެ. މި ދެފިލްމް މުޑި އެރުމަކީ މިހާރުވެސް ހާލުގައި އޮތް ބޮލީވުޑްއަށް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން މި ދެފިލްމް އިން ކުރެ ކޮންމެވެސް އެއް ފިލްމްއެއް އަޅުވާ ތާރީހް ބަދަލުވުމަކީ އެކަށީގެން ވަކަމެކެވެ.

ތަމަޅަ ފިލްމެއްގެ ގޮތުގައި ގެނެސްދިން "ޕީއެސް 1″ އަކީ މި އަހަރުގެ އެންމެ ރަނގަޅު ވިޔަފާރިއެއް ކުރި އެއް ފިލްމެވެ. ގިނަ ބަސްތަކަކުން ގެނެސްދިން މި ފިލްމްގައި އައިޝްވާރްޔާ ފެނިފައި ވަނީ ޑަބަލް ރޯލަކުންނެވެ. ސައުތުގެ ކާސްޓްއަކާއި އެކުގައި ނެގެސްދިން ފިލްމް ގައި ވިކްރަމް، ޖަޔަރަމް ރަވީ، ޓްރިޝާ، ކާތީ، ޖަޔަރަމް، ޕްރަބޫ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.