ޓެރަރިސްޓް ހަމަލާ ރޭވުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޓެރަރިސްޓް ހަމަލާ ރޭވުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Author
މުޙައްމަދު ޖިމީ
28 ނޮވެމްބަރ 2020 09:01
0

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ ހަރަކާތް ރޭވުމުގައި ބައިވެރިވިކަމަށް ތުހުމަތު ގައި އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިގޮތުން މިމައްސަލާގައި އިއްޔެ ތިމަރަފުށީން ހައްޔަރުކުރި ދެމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާކަމށް ފުލުހުން ވިދާޅުވެއެވެ. މަޢުލޫމަތު ލިބިފައިވާގޮތުގައި މިދެމީހުންގެ ތެރެއިން އެކަކީ ތިމަރަފުށީ އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އަނެއް މީހާއަކީ ތ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެކެވެ. ފުލުހުން ބުނެފައިވަނީ މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ތިމަރަފުށިން ކަމަށެވެ.

ފުލުހުން ކާމިޔަބް ކަމާިއއެކު ހުއްޓުވި މިއޮޕަރޭޝަންގައި މީގެ ކުރިން 6 މީހަކު ހައްޔަރުކޮށްފައިވެއެ. މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ. އެމީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފައިވާކަަމށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހަރުކަށި ފިކުރުގެ މީހުން ޓެރަރިޒަމްގެ ހަމަލާތައް ރާވައި ހިންގުމަށް މަސައްކަތްކުރެއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ގިނަ އަދަދެއްގެ ދިވެހިން ހަނގުރާމަތަކަށްގޮސް ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން ހަގުރާމަތަކުގައި ބައިވެރި ވުމަކީވެސް ދޭތެރެ ދޭތެރެއިން ފެންނަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.