އިލެކްޝަނުން ނޫސްވެރިނަށް ދޭނީ ސުލޫކީ މިންގަނޑާއި ނޫސްވެރިންގެ ދައުރު އަންގައިދޭ ސެޝަންތަކެއް

އިލެކްޝަނުން ނޫސްވެރިނަށް ދޭނީ ސުލޫކީ މިންގަނޑާއި ނޫސްވެރިންގެ ދައުރު އަންގައިދޭ ސެޝަންތަކެއް

Author
އަޒްފާ ރަޝީދު
30 މާރޗް 2023 10:11
0

ރިޔާސީ އިންތިޚާބާއި ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން ނޫސްވެރިންނަށް ތަމްރީން ކޯސްތަކެއް ހިންގަނީ ނޫންކަމަށާއި، އެކޮމިޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލްތައް ހާމަކޮށްފިއެވެ.

އިންތިޚާބަށް ލަފާ ދޭ ގައުމީ ކޮމިޓީއިން ބޭއްވި ބައްދަލަވުމެއްގައި އީސީއިން ބުނެފައިވަނީ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ތަމްރީނެއް ދިނުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރިޔާސީ އިންތިޚާބަކީ ބޭރު ގައުމުގެތަކުގެ ނޫސްވެރިންވެސް ރާއްޖެ އައިސް ކަވަރ ކުރާ އިންތިޚާބަކަށް ވާއިރު، ފާއިތުވެދިޔަ ބައެއް އިންތިޚާބުތަކުގައި ހަމަނުޖެހުންތައް ހިނގުމާއި އެފަދަ ކަންކަމަށް އަލިއަޅުއްވާލައްވާ އީސީއިން ބުނެފައިވާ ގޮތުގައި، އެކަންކަން ހިނގަނީ ނޫސްވެރިންގެ ދައުރު ފުރިހަމައަށް ކިޔައިދެވިފައި ނެތީމަ ކަމަށެވެ. އެހެންވެ ނޫސްވެރިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

އެ ކޮމިޝަނުން ނޫސްވެރިންނަށް ތަމްރީން ޕްރޮގްރާމް ހިންގުމާއި މެދު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އީސީގެ ނައުބު ރައީސް ހަބީބް ވިދާޅުވީ، އެ ކޮމިޝަނުން ނޫސްވެރިންނަށް ކޯހެއް ހިންގަން މަސައްކަތްކުރަނީ ނޫން ކަމަށެވެ.

“މިއީ އެއްގޮތަކަށް ވެސް “ސީއެންއެން މީހުންނާއި ބީބީސީގެ ނޫސްވެރިންނަށް ކޯސް ހިންގާ ވާހަކައެއް ނޫން” ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ބޭނުމަކީ ނޫސްވެރިންނަށް އިންތިޚާބެއްގައި ހަރަކާތްތެރިވާއިރު އިނގެންޖެހޭ ސުލޫކީ މިންގަނޑާއި ދަރުއު އަންގައިދީ ބުނެދިނުން ކަމަށެވެ. އަދި ކޮމިޝަނުން ކުރަނީ ވެސް އެކަން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ ވިސްނުމުގައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުތަކުގައި ރާއްޖޭގެ ހުރިހާ މީޑިއާއަކުން ވެސް ބައިވެރިވާއިރު، މި ފަހުން ރާއްޖޭގައި ބޭއްވުނު އެކި އިންތިޚާބުތަކުގައި އެކިވަރުގެ ހަމަނުޖެހުން ހިންގުމާއި، އެކި މައްސަލަތައް ފެންމަތިވެފައިވެއެވެ. އިންތިޚާބުތަކުގެ ސައްހަ ކަމާއި މެދު ސުވާލު އުފެއްދުމާއި، އިލެކްޝަންސް ކޮމިޝަނާ މެދު އާންމުންގެ މެދުގައި އިތުބާރުކުޑަވެ އުފެދޭ މިފަދަ ހަމަނުޖެހުންތައް ކުޑަކުރުމަށް އެ ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދެފުށް ފެންނަ އިންތިޚާބެއް ބޭއްވައި، އެކަމުގައި ނޫސްވެރިން ވީހާވެސް ބޮޑަށް ބައިވެރިކުރުމަށް ކޮމިޝަނުން މަސައްކަތްކުރާ ކަމަށް ކޮމިޝަނުން މީގެ ކުރިން ވެސް ބުނެފައިވެއެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ތާވަލްކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.