10 ދުވަހުގެ ތެރޭގައި މާފަންނު ފެރީ ޓާމިނަލް (މާލޭ ހުޅަނގުފަރާތުގައިވާ ވިލިނގިލި ޓާމިނަލް) ގެ ފަޅުތެރޭގައި ގަވާއިދާއި ހިލާފަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެމްޓީސީސީ އިން އަންގައިފިއެވެ.
އެމްޓީސީސީ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި މާފަންނު ފެރީ ޓާމިނަލްގެ ފަޅުތެރޭގައި ނުނަގާ ހުރި އުޅަނދުތައް ފުލުހުން މެދުވެކޮށް ނަގާނެ ކަމަށެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެ ސަރަހައްދަކީ ހަމައެކަނި އެމްޓީސީސީގެ ފެރީތައް ބޭނުން ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ.
އެހެންނަމަވެސް އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ގިނަ އުޅަނދެއްތަކެއް އަޅާފައި ހުރުމުގެ ސަބަބުން ފެރީތައް ގަޑިއަށް ފުރުމާއި ލެފުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ސަބަބުން އެކްސިޑެންޓައް ހިނގުމަށް މެދުވެރިވެފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ