މީޑިއާ އާއި ވަރަށް ބީރައްޓެހި އަދި ޕާސަނަލް ވާހަކަ އެއްވެސް ވަރަކަށް މީޑިއާ އަށް ތިލަވިޔަ ދޭން ބޭނުން ނުވާ ޓިވީ އެކްޓަރު ވިވިއަން ޑިސޭނާ އިސްލާމް ދީން ގަބޫލުކޮށްފައިވާކަމަށް އޭނާ ބުނެފިއެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއެއްގައި ވިވިއަން ބުނީ އޭނަ އިސްލާމްވީ 2019 ގެ ރޯދަ މަހުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރޯދަ ހިފާ ކަމަށާއި ނަފުސަށް މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަސް ވަގުތުގެ ނަމާދުން ލިއްބައިދޭ ވާގި ކަމަށް ވެސް ވިވިއަން ބުންޏެވެ. އަދި އެ ބަދަލާ އެކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
އެންމެން ހައިރާން ކޮށްލީ މި މަހުގެ ކުރީ ކޮޅުގައި ވިވިއަން ދެވަނަ ކައިވެޏެއް ކުރި ހަބަރާއި އެކުގައިއެވެ. އަދި އޭނާ ކައިވެނި ކުރީ މިސުރުގެ ނޫސްވެރިއަކާ ކަމަށް ވެއެވެ. ސޯޝަލް މީޑިއާ އާއި ވެސް ވަރަށް ބޯރައްޓެހި ތަރިއެއް ގެ ގޮތުގައި ފާހަގަ ކުރެވޭ ވިވިއަން ގެ ސޯޝަލް މީޑިއާއިން މިފަދަ އެއްވެސް ކަމެއްގެ އިޝާރާތެއް ފެންނާކަށް ނެތެވެ.
އަނެއް ކޮޅުން ބައެއް ރިޕޯޓްތަށް ބުނާ ގޮތުގައި އޭނާ އާއި މިސްރުގެ ނޮއުރަން އަލީއާ ކައިވެނި ކުރިތާ ދެއަހަރު ވެއްޖެއެވެ. މީ ކައިވެންޏަކަށް ފަހު އޭނާ ވިވިއަން މީޑިއާ އަށް ދިން މިފަދަ ފުރަތަމަ އިންޓަވިއުއެވެ. މި އިންޓަވިއުގައި އޭނާ ބުނީ އޭނާ ބައްޕަ އަކަށް ވެފައިވާ ކަމަށާއި އެކަމަކީ ވަރަށް އުފާވެރި އިހުސާސެއް ކަމަށެވެ.
34 އަހަރުގެ އެކްޓަރު އެންމެ ފުރަތަމަ ކައިވެނި ކުރީ 2013ގައި އޭނާގެ ފުރަތަމަ ސިލްސިލާ "ޕިޔާރް ކީ އޭކް ކަހާނީ"ގެ ކޯސްޓާ ވެހްބިޒް ޑޮރަބްޖީ އާއެވެ. ކާމިޔާބު އެތަށް ޑްރާމާ އެއް ކުޅެފައިވާ ވިވިއަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކަލާސް އިން ނިންމާލި ސިލްސިލާ "ސިރުފް ތުމް"އެވެ.
ކޮމެންޓު ފޮނުވާ