އެމްޓީސީސީގެ ބަސް ރޫޓަށް މިރޭ ބަދަލްތަކެއް އަންނާނެ

އެމްޓީސީސީގެ ބަސް ރޫޓަށް މިރޭ ބަދަލްތަކެއް އަންނާނެ

Author
އަޒްފާ ރަޝީދު
28 މާރޗް 2023 08:43
0

ގްރީން ޒޯން ސަރަހައްދު ބަންދުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން އެންގުމާއި އެކު އެމްޓީސީސީގެ ބައެއް ބަސް ރޫޓްތަކަށް މިރޭ ބަދަލުތަކެއް އަންނާނެކަމަށް އެކުންފުނިން އިޢުލާންކޮށްފިއެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރޭ 22:30 އިން 00:00 އަށް ގްރީން ޒޯން ސަރަހައްދުން ދުއްވާ ބަސްތަކުގެ ރޫޓަށް ބަދަލުތަކެއް އަންނާނެކަމަށެވެ.

އެހެންކަމުން ގްރީން ޒޯން ސަރަހައްދުގެ މަގުތައް ބަންދުކުރެވިފައިވާ ވަގުތުގައި އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް 12 (ސޯސަން ރޫޓް) ގެ ދަތުރުތަށް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށް ބުނެފައިވެއެވެ.

މިއާއިއެކު ރޫޓް 10 (އޯކިޑް ރޫޓް) ގެ ދަތުރުތައް ވަގުތީ ގޮތުން މަޖީދީ މަގުން ދަތުރު ކުރާގޮތަށް ބަދަލުކުރެވިގެން ދާނެކަންވެސް އެމްޓީސީސީއިން ވަނީ އިއުލާން ކޮށްފައެވެ.

ނަމަވެސް ގްރީން ޒޯން ސަރަހައްދު ހުޅުވާލެވުމުން މި ރޫޓްތަކުގެ ދަތުރުތައް އާންމު ހާލަަތަށް އިޔާދަ ކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.