ކުޑަކުދިންނަށް ޚާއްސަކޮށްގެން މިފްްކޯ އިން ކުރެހުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.
ފަސްމީރު ރޯދަ ޕްރޮމޯއާއި ގުޅުވައިގެން ބާއްވާ "ކިޑްސް އާރޓް ކޮމްޕެޓިޝަން" ހާއްސަކޮށްފައި ވަނީ އުމުރުން 6 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެގޮތުން މުބާރާތުގައި ކުދިން ބައިވެރިކުރަން ބޭނުންވާ ބެލެނިވެރިން މިއަދު ހަވީރު އިރުއްސޮމުގެ ކުރިން އެ ކުއްޖެއްގެ ކުރެހުމާއި އެ ކުއްޖެއްގެ ވަނަވަރު މިފްކޯ ފޭސްބުކް ޕޭޖަށް އިންބޮކްސް ކުރަން ޖެހެ އެވެ.
މި ކުރެހުމުގެ މުބާރާތުގެ މި ހަފުތާގެ ތީމަކީ "ފިޝިން އިން ދަ ޕާސްޓް" އެވެ. އެހެންވެ ކުރެހުންތައް ހުންނަން ވާނީ މާޒީގައި ރާއްޖޭގައި މަސްވެރިކަން ކުރުމުގައި ބޭނުންކުރި ވައްޓަފާޅި ދައްކުވައިދޭ ގޮތަށެވެ.
މިފްކޯ އިން ބުނީ ކުރެހުންތައް ޕޭޖުގައި އާންމުކުރާނެ ކަމަށާއި އެންމެ މޮޅު ކުރެހުން ހޮވާނީ ލިބޭނީ ލައިކްސްގެ އަދަދަކަށް ބަލައިގެން ކަމަށެވެ.
މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ކުރެހުންތައް އަންނަ އަހަރުގެ މިފްކޯގެ ކަލަންޑަރުގައި ވެސް ހިމަނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓު ފޮނުވާ