އައްޑޫގައި ޑެންގީ ހުން ފެތުރޭ މިންވަަރު އިތުރުވެ، ބަލިން ރައްކާތެރިވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗްއިން ) އެދިއްޖެއެވެ.
މި މަހުގެ މިހާތަނަށް އައްޑޫން 33 މީހަކަށް ޑެންގީ ޖެހިފައި ވާއިރު ހިތަދޫން 27 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. އަދި މަރަދޫ އިން 4 މީހަކަށާއި މަރަދޫފޭދޫން އެކަކަށް ބަލިޖެހުމުގެ އިތުރުން ހުޅުމީދޫން ވެސް އެކަކަށް ޑެންގީ ޖެހިފައިވާ ކަމަށް އޭއީ އެޗުން ބުނެއެވެ.
ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރި ހިތަދުއަކީ އައްޑޫ ސިޓީގެ އަވަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަވަށެވެ. އައްޑޫގައި ޑެންގީ ހުން އިތުރުވަމުންދާއިރު، އެ ބަލިން ރައްކާތެރިވުމަށް ފަރުވާތެރިވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދެއެވެ.
ޑެންގީ ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ
-އަރާމުކުރުން.
– ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. (ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި)
– ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ ޕެރެސެޓެމޯލް ބޭނުންކުރުން.
– ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.
ކޮމެންޓު ފޮނުވާ