މަސް ދޯންޏެއްގެ ފަޅުވެރިންތަކެއް ކަރަންޓީން އުސޫލާއި ޚިލާފުވި މައްސަލައެއްގައި ފަޅުވެރިންތަކެއް ބަންދުކޮށްފިއެވެ. ފަޅުވެރިންތަކެއް ކަރަންޓީންވާން އަންގާފައި ވަނިކޮށް ފުރައިގެންދިޔަ މައްސަލައެއްގައި 15 ފަޅުވެރިއަކު ހައްޔަރުކޮށް އަދި އެ މީހުން 14 ދުވަހަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ ދ. ކުޑަހުވަދޫ "ދިރުން 2″ ނަމަކަށް ކިޔާ ދޯންޏެއްގެ ހުރިހާ ފަޅުވެރިން ކަރަންޓީންވާން އަންގާފައި ވަނިކޮށް ރަސްމީ އިދާރާތަކަށް އެންގުމެއްނެތި އެރަށުން ފުރައިގެން ދިޔަ މައްސަލައެއް ފުލުހުންނަށް ހުށައަލާފައިވާކަމަށެވެ.
އިއްޔެ ފުލުހުންނަށް ހުށައެޅި މި މައްސަލައާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އެމީހުން 14 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާކަމަށްވެސް ފުލުހުން ބުންނެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ބުންނެއެވެ.
ކޮމެންޓު ފޮނުވާ