މަޝްހޫރު ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްރާ މިހާރު ސިންގަލް ނޫން ކަމަށާއި އޭނާގެ ހަޔާތަށް ލޯބިެވރިއަކު އައިސްފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މީޑިއާތަކުން ބުނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ކަމަށްވާ ރާގަވް ޗައްޑާ ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްގަނޑެއް ވެފައި ވާކަމަށެވެ. އަދި މިފަހުން ދެމީހުން އެކުގައި ބޭރުތެރިން ފެނިގެން ގޮސްފައިވެސް ވެއެވެ.
ބަތަލާ އާއި ޑޭޓް ކުރަމުން އަންނަ ރާގަވް އަކީ ޗާޓާޑް އެކައުންޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އާމް އާދުމީ ޕާޓީގެ މެމްބަރެކެވެ. ޕަރިނީތީގެ އަތުގައި މެންޗެސްޓާ ޔުނުވަސިޓީގެ ބިޒްނަސް، ފައިނޭސް އިކޮނޮމިކްސްގެ ޓްރިޕްލް އޮނާ ޑިގްރީއޮވެއެވެ.
ކިޔަވައި ނިންމާލުމަށް ފަހު އެބުރި ގައުމަށް ޕަރިނީތީ އައީ 2009 ވަނަ އަހަރުގައިއެވެ. އެފަހުން އޭނާ މަސައްކަތް ކުރީ ޔަޝްރާޖް ފިލްމް ގެ ޕަބްލިކް ރިލޭޝަން ކޮންސަލްޓަންޓްގެ ގޮތުގައިއެވެ. އަދި 2011 ވަނަ އަހަރުގެ ފިލްމް "ލޭޑީ ވާސަސް ރިކީ ބާލް" އިން އޭނާ ބޮލީވުޑް އަށް ތައާރަފްވީއެވެ.
34 އަހަރުގެ ޕަރިނީތީ އާއި 34 އަހަރުގެ ރާގަވް އަކީ ވަރަށް ކުރިން ސުރެވެސް ދެ އެކުވެރިން ކަމަށް މީޑިއާއިން ބުނެއެވެ. ރާގަވް އޭނާގެ ޕޮލިޓިކަލް ކެރިއަރު ފަށައފައިވަނި 2012 ވަނަ އަހަރުގައިއެވެ.
ޕަރިނީތީގެ ކައިވެނީގެ ވާހަކަ މިހާރު ދެކެވެމުން އަންނަ އިރު، މިއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް އަދި ނޭގެއެވެ. ދެމީހުން ކުރެ އެކަކުވެސް މިކަމާއި ބެހޭ ގޮތުން އަދި ރަސްމީކޮން އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ