އަނަންނިޔާ އަކީ ވަރަށް މިހާރު ވަރަށް ގާތް އަދި ވަރަށް ހާއްސަ ރަހުމަތެރިއެއް ކަަމަށް އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު ބުނެފިއެވެ.
އަނަންނިޔާ އާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމާއި އަދި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ އަޑުތަށް ގަދަވެފައިވާ ދަނޑިވަޅެއްގައި އަދިތްޔާ އެ ބީދައިން ވާހަކަ ދެއްކުމުން ގިން ބަޔަކު ބުނެފައިވަނީ އަދިއްތިޔާ އެގުޅުން ރަސްމީ ކުރީ ކަމަށެވެ.
އަދިތްޔާގެ ކުރިއަަށް އޮތް ފިލްމް "ގުމްރާހް" ގެ ޕްރޮމޯޝަން އިވެންޓެއްގައ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ އަންނިޔާ އަކީ ވަރަށް ހާއްސަ ރަހުމަތްރިއެއް ކަމަށެވެ. އަދި މިހާރު އެއީ ވަރަށް "ގާތް އެކުވެރިއެއް" ކަމަށާއި "އެއީ ވަރަށް ލޯބި ކުއްޖެއް" ކަމަށެވެ.
37 އަހަރުގެ އެކްޓަރު މި އިވެންޓުގައި ބުނީ ގިން ބަޔަކު ކައިވެނި ކުރާ މި ދަނޑި ވަޅުގައި އޭނާވެސް ކައިވެނި ކުރާނެ ކަމަށެވެ. ނަމަވެސް އަދި ވަގުތު އެބަ އޮތް ކަމަށާއި އަވަސް އަރުވައިލައިގެން ކައިވެނި ކުރަން ބޭނުން ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އަދިތްޔާ އާއި އަނަންނިޔާ ރައްޓެހި ވެގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އެދެމީހުން އެކުގައި ބޭރު ތެރެއިވެސް ވަނީ ފެނިގެން ގޮސްފައިއެވެ. އެގޮތުން މިދިއަ އަހަރު ބޭއްވި ވޯލްޑަކަޕްގެ މެޗެއް ބެލުމަށް އެދެމީހުން ވަނީ އެކުގައި ގަތަރަށް ގޮސްފައިއެވެ. މިދަތުރުގައި އަނަންނިޔާގެ ބައްޕަ އަދި ކުރީގެ އެކްޓަރު ޗަންކީ ޕާންޑޭވެސް ދިއައެވެ. އެހެން ކަމުން މި ގުޅުމާއި އަނަންނިޔާގެ އާއިލާ އިން ވަރަށް ބޮޑަށް ރުހޭ ކަން ހާމައެވެ.
އަނެއްކޮޅުން ދާދި މިދާކަށް ދުވަހު އަދިތިޔާ އާއި އަނަންޔާ ފެޝަން ޝޯއެއްގައި ބައިވެރިވެ، ރޭމްޕްގައި ވެސް ހިނގާފައިވެ އެވެ. އަދި ދެމީހުން އެކަކު އަނެއްކަކާއި އެކުގައި މިހާރު ވަރަށް ގިނައިން ފެންނަން ވަނީ ފަށައިފައިއެވެ.
އަދިތްޔާ އާއި ރައްޓެހި ވުމުގެ ކުރިން އަނަންނިޔާ ރައްޓެހިވެގެން އުޅުނީ ޝާހިދު ކަޕޫރު ގެ ކޮއްކޮ އިޝާން ކަޓަރުއާއިއެވެ. 3 އަހަރެއްހައި ދުވަހު ރައްޓެހި ވެގެން އުޅުމަށްފަހު އެމީހުން ގެ ގުޅުން ނިމުމަކަށް އައީ މީގެ އަހަރެއް ހައި ދުވަސް ކުރިންނެވެ.
ކޮމެންޓު ފޮނުވާ