އަދި ކައިވެނި ކުރާ ވަގުތު ނުޖެހޭ: އަދިތްޔާ

އަދި ކައިވެނި ކުރާ ވަގުތު ނުޖެހޭ: އަދިތްޔާ

ގުޅުންހުރި

އަދި ވަގުތު އެބަ އޮތް ކަމަށާއި، ކަިއވެނި ކުރާ ވަގުތު އަދި ނުޖެހޭ ކަމަށް ބޮލީވުޑްގެ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު ބުނެފިއެވެ.

އޭނާ މިހެން ބުނެފައި މިވަނީ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. މީގެ ދެދުވަހެއް ކުރިން އޭނާ ވަނި ފިލްމް ޕްރޮމޯޓް ކުރުމުގެ އިވެންޓެއްގައި ބައިވެރި ވެފައިއެވެ. މި ފިލްމް އަކީ އަދިތްޔާގެ ކުރިއަށް އޮތް ފިލްމް "ގުމްރާހް" ގެ ޕްރޮމޯޝަންއެވެ. މި ފިލްމްގައި އަދިތްޔާ ފެނިގެންދާނީ ޒުވާން ބަތަލާ މުރްނާލް ޓާކުރް އާއިއެކުގައިއެވެ.

މި އިވެންޓުގައި ވާހަކަ ދައްކަމުން 37 އަހަރުގެ އެކްޓަރު ބުނީ އަދި ކައިވެނި ކުރަން ނުވިސްނާ ކަމަށާއި އަދި ވަގުތު އެބަ އޮތް ކަމަށެވެ. ރަނގަޅު ވަގުތުގައި ކައިވެނި ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

"އަދި ވަގުތު އެބައޮތް، އަވަސް އަރުވައިލައިގެން ކައިވެނި ކުރާކަށް ނޫޅެން، ވަރަށް ހަމަޖެހިގެން ރަނގަޅު ދަނޑިވަޅެއް އައިމަ ކައިވެނި ކުރާނަން. އެކަމަކު އަދި އެހާ އަވަހަށް ކައިވެނި ކުރާކަށް ނުވިސްނަށް."

އަދިއްތިޔާ އާއިި ބަތަލާ އަނަންނިޔާ ޕާންޑޭ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި އަދި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރުމަށް ވިސްނަމުން އަންނަ ކަމަށް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުނެނެވެ.

މިދެތަރިން މިހާތަނަށް ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސް ވެފައި ނުވިނަމަވެސް އެކުގައި ވަރަށް ގިނައިން އެކިފަހަރު މަތިން ވަނީ ފެނިގެން ގޮސްފައިއެވެ. އެގޮތުން މިދިއަ އަހަރު ބެއްވި ވޯލްޑްކަޕްގެ މެޗެއް ބެލުމަށް ވެސް ދެމީހުން ގަތަރަށް ގޮސްފައި ވެއެވެ. މިނޫންވެސް އެކި ތަންތަނުން ދެމީހުން އެކުގައި ވަނީ ފެނިގެން ގޮސްފައިއެވެ.

 

އަދިތްޔާ ގެ ކުރިއަށް އޮތް ފިލްމް އަކީ ކުރިއަށް އޮތް އެޕްރިލް މަހުގެ 7 ވަނަ ދުވަހަށް ތާވަލް ކޮށްފައިވާ ފިލްމް "ގުމްރާހް" އެވެ. ވަރްދާން ކެޓްކާރް ޑައިރެކްޓް ކޮސްފައިވާ މި ފިލްމްގައި އަދިތްޔާ އާއި އެކުގައި ފެނިގެންދާނީ މުރުނާލް ޓާކުރްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ