ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވަކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެގޮތުން ބަނދަރު ފުންކުރުމުގެ މަސައްކަތރުގެ %45 މަސައްކަތް ނިމި އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެކުންދުނިން ވިދާޅުވެއެވެ. އަދި މިނޫންވެސް ގިނަ މަސައްކަތްތައް ވަނީ ފެށިފައިކަން ފާހަގަކިުރައްވައެވެ. މިއީ ގއ.ވިލިނގިލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދަ ބައެއް މަސައްކަތްތަކެވެ.
GA. Villingili Harbor Development Project is currently underway. New harbor dredging work has currently reached 45% completion, and quay wall block installation work has commenced.#MTCCProjects #RayyithungeKunfuni pic.twitter.com/fWQa1G0hFM
— MTCC Plc (@MTCCPlc) March 26, 2023
މި މަޝްރޫއުގެ ދަށުން، ގއ.ވިލިނގިލީގެ 71،519 އަކަމީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަަށް ދާނެއެވެ. މިއީ 9.1 މިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.