އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ސުނިލް ގްރޯވާ ލީޑުން ފެނިގެންދާ ވެބް ސީރީޒް "ޔުނައިޓެޑް ކައްޗޭ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.
ލަންޑަންގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ގޮންޖެހުންބޮޑު ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒް "ޔުނައިޓެޑް ކައްޗޭ"ގެ ލީޑް ރޯލުން ސުނިލް ފެނިގެންދާއިރުގައި މިގެ ކާސްޓުގައި ސަތީޝް ޝާހް، ސަޕްނާ ޕައްބީ، ނިކިލް ވިޖޭ، މަނޫ ރިޝީ ޗައްޑާ، ނަޔާނީ ޑިކްސިޓް އަދި ނީލޫ ކޯލީ ހިމެނެ އެވެ.
މާނަވް ޝާހް ޑައިރެކްޓް ކޮށްފައިވާ "ޔުނައިޓެޑް ކަޗޭ" އަކީ އިންގްލެންޑްގެ ދާއިމީ ރައްޔިތެއް ނޫން އަދި އެގޮތަށް ކާޗޭގެ ނަމުން މަޝްހޫރުވެފައިވާ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ އެތައް ރައްޔިތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެ އެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ގޮތުގައި އެމީހުން ގައުމުން ބޭރުގައި ވަޒަންވެރިވަނީ ޤާނޫނީ ލިޔެކިޔުމެއް ނެތި، ވަގަށެވެ. ފިލްމްގައި އެބައިތަށް ވަރަށް މަޖާ ގޮތަށް ގެެެސްދީފައި ވެއެވެ.
ސުނިލް އަކީ އިންޑިއާގެ މަޝްހޫރު ކޮމޭޑިއަނުންގެ ގޮތުގައި ގުނަލައިލެވޭ މީހެކެވެ. އޭނާ މަޝްހޫރު ވެގެން ދިއައީ ސޮނީ ޓިވީ ގެ "ދަ ކަޕިލް ޝަރުމާ ޝޯވ" އިންނެވެ. 45 އަހަރުގެ އެކްޓަރު ގެ ރޯލެއް ކުރިއަށް އޮތް ޝާހުރުކް ހާންގެ "ޖަވާން" އިން ވެސް ފެނިގެންދާނެއެވެ.