"3 އިޑިއަޓްސް" ގެ ދެވަނަ ބައެއް ހަދަނީ

"3 އިޑިއަޓްސް" ގެ ދެވަނަ ބައެއް ހަދަނީ

Author
ފާތިމަތު ނާވީ
27 މާރޗް 2023 09:42
0

2009 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "3 އިޑިއަޓްސް" ގެ ސީކުއަލް އެއް ހަދަން އުޅޭ ކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފިއެވެ.  އާމިރު ޚާން، އާރް މާދަވަން އަދި ޝަރުމަން ޖޯޝީ ލީޑުން ފެނިގެންދިއަ ފިލްމްގެ ބަތަލާގެ ގޮތުގައި ފެނިގެން ދިއައީ ކަރީނާ ކަޕޫރެވެ.

ކަރީނާ ވަނީ މިއަދު މިކަން ހާމަ ކޮށް ސޯޝަލް މީޑީއާގައި ވީޑީއޯ އެއް ޕޯސްޓް ކޮށްފައިއެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެ ތިންތަރިންގެ މެދުގައި ކޮންމެސް އަޑިނޭގެ ކަންތަށް ތަކެއް ހިންގަމުން ދާކަމަށެވެ. އަދި އެމީހުން "3 އިޑިއަޓްސް" ގެ ސީކުއަލް އެއް ހަދަނީ ތޯ އޭނާ ސުވާލު ކުރެއެވެ. އަދި އެހެން ވެއްޖެ ނަމަ އެކަން އޭނާ އަށް ނޭގޭން ޖެހޭ ސަބަބަކީ ކޮބައިތޯ ވެސް ސުވާލު ކުރެއެވެ.

ބޮކްސް އޮފީހުގައި ބޮޑު މަޝްހޫރުކަމާއި ބޮޑު ކާމިޔާބީއެއްމި ފިލްމް އަކީ ރާޖްކުމާރު ހިރާނީ 2009 ވަނަ އަހަރު ޑައިރެކްޓްކުރި ފިލްމް އެކެވެ. މީ  ޗޭތަން ބަގަތުގެ ނޮވެލް "ފައިވް ޕޮއިންޓް ސަމްވަން" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގައި އާމިރު، ޝަރުމަން އަދި މާދަވަން ތިން ރަހުމަތްތެރިންގެ ރޯލުން ފެނިގެންދާއިރު، އެ މީހުންގެ ކޮލެޖް ޕްރިންސިޕަލްގެ ރޯލުން ބޮމަން އިރާނީ އަދި އާމިރުގެ ލޯބިވެރިޔާގެ ރޯލުން ކަރީނާ ފެނިގެން ދިޔަ އެވެ. މީގެ އިތުރުން މުހިންމު ރޯލަކުން އޯމީ ވައިދްޔަ ވެސް ފެނިގެން ދެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.