ކިރަން އާއި ޕޫޖާ ބަޓް އަށް ކޮވިޑް ޖެހިއްޖެ

ކިރަން އާއި ޕޫޖާ ބަޓް އަށް ކޮވިޑް ޖެހިއްޖެ

Author
ފާތިމަތު ނާވީ
26 މާރޗް 2023 08:22
0

ކުރީގެ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓް އާއި ބަތަލާ ކިރަން ކޭރް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕޫޖާ އަކީ މަޝްހޫރު ފިލްމް މޭކާ މަހޭޝް ބަޓް ގެ ދަރިއެއް ގެ އިތުރުން ޒުވާން ބަތަލާ އާލިއާ ބަޓްގެ ދައްތައެވެ. ޕޫޖާ އަށް ކޮވިޑް ޖެހިފައިވާ ކަން މިއަދު ހާމަ ކޮށްފައި ވާއިރުގައި މިގެ ދެދުވަހެއް ކުރިން ކިރަން ކޭރް ވަނީ އޭނާ ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައިއެވެ.

މީ ޕޫޖާ އަށް ކޮވިޑް ޖެހުނު ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން އޭނާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ ފުރަތަމަ ފަހަރަށް ނުރައްކާތެރި ވައިރަސް ޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ އެންމެވެސް މާސްކު އަޅައިގެން އުޅުމަށާއި އަދި ބަލިން ރައްކާތެރިވެގެން އުޅުމަށް އިލްތިމާސް ކޮށްފައިއެވެ.

މީގެ އިތުރުން މިދިއަ ހޯމަ ދުވަހުގައި މަޝްހޫރު އެކްޓަރު އަނުޕަމް ކޭރް ގެ އަނެހެނުން ކިރަންވެސް ވަނީ އޭނާ ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއްވެސް ކޮންޓެކްޓެއް ހުރި ނަމަ ޓެސްޓު ކުރުމަށް އިލްތިމާސް ކޮށްފައިއެވެ.

މީގެ ކުރިންވެސް ކިރަން އަށް ވަނީ ކޮވިޑް ޖެހިފައިއެވެ. ކޮވިޑްގެ ބަލިމަޑުކަން އެންމެ ބޮޑޫ ވި ދުވަސް ވަރުކަމުގައިވާ 2020 ގެ ކުރީ ކޮޅުގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންނަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.