މީ ޕްރިޔަންކާ އާއި ނިކް ގެ އެނިމޭޓެޑް ވާޝަން

މީ ޕްރިޔަންކާ އާއި ނިކް ގެ އެނިމޭޓެޑް ވާޝަން

Author
ފާތިމަތު ނާވީ
23 މާރޗް 2023 03:41
0

ބޮލީވުޑް އާއި ހޮލީވުޑްގެ އެންމެ ލޯބި ކަޕުލް ގެ ގޮތުގައި މަޝްހޫރު ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ އަދި ލަވަކިއުންތެރިއާ ނިކް ޖޯނަސްގެ ތަފާތު ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

މީ ނިކް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯއިން މި ދެމަފިރިން ފެނިގެންދަނީ މިހާރުގެ ވަރަށް މަޝްހޫރު ފިލްޓާއެއް ކަމުގައިވާ ޑިޒްނީ ކެރެކްޓާގެ ގޮތުގައިއެވެ. މީގައި މިދެމީހުންގެ އެނިމޭޓެޑް ވާޝަން ފެނިގެންދެއެވެ.

މި ވީޑީއޯ ހިއްސާކުރުމާއި އެކުގައި ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ. އަދި ހަމަ އެއާއި އެކުގައި އެމީހުން ވަރަށް ލޯބިކަމަށް ބުނެ ގިނަ ބަޔަކު ވަނި ކޮމެންޓް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Nick Jonas (@nickjonas)

ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގައި އިންޑިއާގައި ބޭއްވި ވަރަށް ކުލަ ގަދަ ހަފްލާއެއްގައިއެވެ. އެދެމީހުންނަށް ވަނީ 2022 ވަނަ އަހަރުގައި ކުއްޖަކު ލިބިފައިއެވެ. ސަރަގޮސީ މެދުވެރިކޮށް ހޯދި މިކުއްޖާގެ ނަމަކީ މާލްތީ މާރީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.