ޖޭޕީއާއެކު ކުރީ، އެކީގައި މެނިފެސްޓޯއެއް ހެދުމާއި ގުޅޭ މަޝްވަރާތައް: ހަސަން

ޖޭޕީއާއެކު ކުރީ، އެކީގައި މެނިފެސްޓޯއެއް ހެދުމާއި ގުޅޭ މަޝްވަރާތައް: ހަސަން

Author
ހުސެއިން
22 މާރޗް 2023 11:44
0

އެމްޑީޕީގެ ނަޝީދު ފެކްޝަނުން ޖުމުހޫރީ ޕާޓީއާއެކު މިރޭ ކުރިޔަށް ގެންދިޔައީ، އެކީގައި ކުރިޔަށްދާނެ މެނިފެސްޓޯއެއް އެކުލަވާލުމާއި ގުޅޭ މަޝްވަރާތައް ކަމުގައި ނަޝީދުގެ މަންދޫބެއްގެ ގޮތުގައި މިރޭ ޖުމުހޫރީ ޕާޓީއާއެކު ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅު ވެއްޖެއެވެ.

މިރޭ ނަޝީދު ފެކްޝަންއާއި ޖޭޕީން ބޭއްވި މަޝްވަރާތަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ މިރޭކުރެވުނު މަޝްވާރާއިން ނިންމުނު އެއްކަމަކީ އެކުގައި މަސައްކަތް ކުރަން ފަށާއިރު މެނިފެސްޓޯއެއް ހަދަން ފެށުމަށް ކަމަށެވެ.

ޖުމްލަކޮށް އަޅުގަޑުމެން މިދަންނަވާ ވާހަކައަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ނިކުމެވަޑައިގަންނަވާއިރު އަޅުގަޑުމެން ގެންނާނެ ސިޔާސަތުތަކަކީ ކޮބައިތޯއާ، އެސިޔާސަތުތަކާއެކީގަ އެކުލަވާލާ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ކުރާނެ ގޮތުގެ މަޝްވަރާއެކޭ މިހިގަނީ.

މިރޭގެ ބައްދަލުވުމަށްފަަހު މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވަމުން ހަސަން ލަތީފު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމަށްފަހު، ޖޭޕީގެ ފަރާތުން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވަމުން، ކޯލިޝަން ހެދުމާއިގުޅޭ މަޝްވަރާތަކަށް ޖޭޕީން އެކުލަވާލާފައިވާ ކޮމިޓީގެ މެމްބަރު އަމީން އިބުރާހިމް ވިދާޅުވީ އެމްޑީޕީގެ "ބޭފުޅުން ކޮޅަކާއެކީ" ބައްދަލު ކުރެއްވީ ކުރިޔަށް އޮތް ރިޔާސީ އިންތުޚާބުގައި ދެބައި ގުޅިގެން ކުރިޔަށް ދިއުމަށް ކުރަންހުރި މަސައްކަތްތަކާބެހޭގޮތުން ކަމުގައެވެ.

އެހެންވީމާ އަޅުގަޑުމެން ދެބައި މީހުން ގުޅިގެން އެކީގަ މަސައްކަތް ކުރާކަމަށް ވަންޏާ، ރައްޔިތުންނާއި ހަމައަށް، ރައްޔިތުންގެ އެދުންތައް، މަގުސަދުތައް ހާސިލްކޮށްދިނުމަށްޓަކާ އަޅުގަޑުމެން ގެންނާނެ ސިޔާސަތުތައް، އަޅުގަޑުމެން ގެންނާނެ ޕްރޮގްރާމްތަކަކާ، މިކަމާބެހޭގޮތުން އަޅުގަޑުމެން ޚިޔާލު ބަދަލު ކޮށްލުން.

އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މަންދޫބުންނާއެކު ބޭއްވުނު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވިއެވެ. އަދި އަމީން ވިދާޅުވީ މިއީ އަދި ފެށުމެއް ކަމުގައެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީއާއި ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ކޯލިޝަން ހެދުމާއި ހަމައަށް ގޮސްފައިވާއިރު، އެމްޑީޕީން ދަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުއަށް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޑީޕީއާއިއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތާއި، އެމްޑީއޭއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
މިއީ އަމިއްލައަށް މެނިފެސްޓޯއެއް ހަދާލެވޭ ވަރުގެ ޕާރޓީއެއްވެސް ނޫން ހެއްޔެވެ؟ ނަޝީދު ބައިވެރި ކޮއްފިއްޔާ އަެގެ ތެރެއަށް ސެކިޔުލަރ އަދި ލިބަރަލް ފިކުރުގެ ބައިތައް ވަދެ އިސްލާމް ދީނާ ފުށުއަރާ ކިތަންމެކަމެއް ހިމެނޭނެއެވެ.