’ޝެހެންޝާހު' ގައި އަމިތާބް ލީ ޖެކެޓު ހަދިޔާކޮށްފި

’ޝެހެންޝާހު' ގައި އަމިތާބް ލީ ޖެކެޓު ހަދިޔާކޮށްފި

Author
ފާތިމަތު ނާވީ
24 މާރޗް 2023 09:39
0

1988 ވަނަ އަހަރުގެ އަމިތާބް ބަޗަން ގެ ކާމިޔާބު ފިލްމު "ޝެހެންޝާހު" އޭނަ ބޭނުންކުރި އައިކޮނިކް ޖެކެޓް ސައޫދީ އަރަބިއްޔާގެ ފޭނަކަށް ހަދިޔާކޮށްފި އެވެ.

ނުރަ އިސްތަށިގަނޑަކާއި ދަގަނޑު އަތެއް ލީ ކަޅު ކުލައިގެ ޖެކެޓެއްގައި އަމީތާބު ފެނިގެންދާއިރުގައި މި ފިލްމް ގައި އޭނާ ވަނީ ކުޅަދާނަ އެކްޓިންގ އެއް ދައްކައި ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިއެވެ.

ސައޫދީ މީހަކު މިދިޔަ ހޯމަ ދުވަހު އަމީތާބަށް ޝުކުރު އަދާކޮށް ކުރި ޓްވީޓަކަށް ޖަވާބުދެމުން އަމީތާބު ވަނީ 'ޝެހެންޝާހު’ގެ ޖެކެޓު އެ މީހާއަށް ހަދިޔާކުރިކަން ހާމަކޮށްފަ އެވެ.

މީގެ 35 އަހަރު ކުރިން ރިލީޒްކުރި އަމީތާބް ބައްޗަންގެ ކާމިޔާބު ފިލްމް ގައި އޭނާ ފެނިގެން ދިއައީ ކުށްވެރިން ހުއްޓުވާން ކުރާ މަސައްކަތެވެ. އާންމު ރައްޔިތެއްގެ ހައިސިސްޔަތުން ކުރާ މަސައްކަޔް ފިލްމްގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފައި ވެއެވެ. މި ފިލްްމްއަކީ އަމީތާބުގެ އަންހެނުން ޖާޔާ ބައްޗަންގެ ވާހަކައަކަށް އިންދަރު ރާޖު އާނަންދު ލިޔުނު ސްކްރީންޕްލޭއެކެވެ. މި ފިލްމް ގައި އަމިތާބް އާއި އެކުގައި ފެނިގެންދަނީ މީނާކްޝީ ޝެޝަދުރީ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.