ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނިންމެއްނުވަތަ ސާފު ޖަވާބެއް ބޭނުންވާނެކަމަށާއި، ނަމަވެސް މިހާރު އޮތް އަދާލަތާއި އެމްޑީއޭގެ ކޯލިޝަންގެ ތެރެއިން ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މުލިއާގޭގައި އެމްޑީއޭއާއި، އަދާލާތާއިއެކު ބޭއްވި ބައްދަލުވުމަށް ބޭރަށް ނިކުމމެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ އާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. އެކަމުގެ އުންމީދު އެބައޮތް ކަމަށާއި ލަސްތަކެއް ނުވެ، މަސައްކަތްތައް ފައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖޭޕީ އާއި އެމްއާރުއެމުން އެމަނިކުފާނަށް ތާއީދު ކުރައްވާ ނަމަ، މާ ފަސޭހަކަމާއެކު ބޮޑު ތަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީސް ކަމަށެވެ.
އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރާށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބަށް ވަކި ކެނޑިޑޭޓެއް ނެރޭނެ ކަމަށް އިއުލާން ކުރެއްވި ނަމަވެސް ރަސްމީ ޖަވާބެއް ލިބެންދެން މަޑުކޮށްލައިގެން ހުންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭ ކަމުގައި ވާނަމަ، ކެމްޕެއިން ކުރިއަށްދާ އިރު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. އެ ހިސާބުން އެއަށް ވާހަކަ ދައްކާ ގޮތެއް ނިންމަން ޖެހޭ ހާލަތެއް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑުމެންނާ އެކީގައި ކުރިއަށް އޮތް އިންތިހާބުގައި ކޯލިޝަން ހެދުމަށް އެއްބަސްވެފައިވާ ޕާޓީތަކާ އެކު މިއަދު ވެސް އަޅުގަނޑު މަޝްވަރާ ކުރިން މިކަމާ ދޭތެރޭގައި. ހުރިހާ އެންމެންގެ މަޝްވަރާއާ އެކީގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް އަޅުގަނޑު ކުރިއަށް ދާނަން.
– ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔަސީ އިންތިހާބުގައި ކެނޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީން ނިންމުމަށް ފަހު އެ ޕާޓީން މިހާރު އަންނަނީ އިސްވެ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އިއްޔެ ޖުމްހޫރީ ޕާޓީން ވަނީ އެމްއާރްއެމް އާ ވެސް މަޝްވަރާ ކޮށްފައެވެ.
One Response
އެހެންމީހުންވެސް ވެރިކަމާގެންެުޅެ އެކަމަކުމިވަރެން ނުދެކެން މިހާރުވެސް ދަރަނިދައޮލަތެެްގެގޮތުގާ ސިފަވެގެންގޮއްސާ އޮތީ