ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަގާމަށް ކުރިމަތިލުުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ކްރމިނަލް ކޯޓުގެ އިސް ޤާޟީ ކަމުގެ މަގާމަށް ކުރިމަތި ލެވޭނީ އެ ކޯޓުގައި ފަނޑިޔާރުކަމުގެ މަގާމް އަދާކުރަމުން ގެންދާ ފަރާތްތަކަށް ކަމަށް ޖޭއެސްސީގެ އިއުލާނުގައި ފާހަގަ ކޮށްފައިެއެވެ.
ކްރިމިނަލް ކޯޓްގެ އިސް ޤާޟީގެ މަގާމް ހުސްވެފައިވަނީ އެ މަގާމްގައި ކުރިން ހުންނެވި ޤާޟީ އަހުމަދު ޝަކީލް ހައި ކޯޓްގެ ފަނޑިޔާރުކަމަށް ހުވާކުރެއްވުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ކުރިމަތިލެވޭނީ އެކޯޓުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރަކަށެވެ. އިސް ފަނޑިޔާރުކަމުގެ މަޤާމަށް އެދި ހުށަހަޅުއްވާ ބޭފުޅުން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މިމަޤާމަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ ތިން ވަނަ ދުވަހެވެ. ކްރިމިނަލް ކޯޓުގެ އިސް ޤާޟީއެއްގެ މުސާރައަކީ 49،300 ރުފިޔާއެވެ.
ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ އިތުރުން އެކޯޓުގެ ޤާޟީގެ މަޤާމަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. މިމަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ. ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.
އަދި ރައްޔިތުން މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯން އެލަވަންސް ވެސް ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ފަހިރެސް ޕޯޓަލް މެދުވެރިކޮށް އިސް ޤާޟީ ގެ މަގާމަށް ކުރިމަތި ލުމަށް ފޯމް ހުށަހަޅަންވާނީ 3 އެޕްރީލްގެ ގެ 12:00 ގެ ކުރިން ކަމަށާއި ޤާޟީގެ މަގާމަށް ކުރިމަތިލުމަށް ފޯމް ހުށަހަޅަންވާނީ 4 އެޕްރީލްގެ 12:00 ގެ ކުރިން ކަމަމް އިއުލާން ކޮށްފައިވެއެވެ.
އެހެންކަމުން 13 މާރިޗު 2023 އިން ފެށިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ ގޮތުގައި ވަގުތީ ގޮތުން މަސައްކަތް ކުރައްވަމުން އަންނަނީ ޤާޟީ އާދަމް މުހައްމަދެވެ.