ކަޕިލްގެ ފިލްމް ކަމަކު ނުދިޔަ

ކަޕިލްގެ ފިލްމް ކަމަކު ނުދިޔަ

Author
ފާތިމަތު ނާވީ
20 މާރޗް 2023 03:20
0

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާގެ އެންމެ ފަހުގެ ފިލްމް  "ޒްވިގަޓޯ" އަށް ބެލުންތެރިންގެ ފަރާތުން ލިބިގެން ދިއައީ ވަރަށްވެސް ފިނިި ތަރުހީބެކެވެ. މި ފިލްމް ވަނީ  މިދިޔަ ހުކުރު ސިނަމާތަކުގައި އަޅުވައިފައިއެވެ.

ފިލްމު އެޅުވިތާ 3 ދުވަސް ވީއިރުވެސް މި ފިލްމަށް މާބޮޑު ތަރުޚީބެއް ލިބިފައެއްނުވެއެވެ. ފިލްމު އެޅުވި ދުވަހު ލިބިފައި ވަނީ އެންމެ 43 ލައްކަ ރުޕީސްއެވެ. މިއާއި އެކުގައި ބެލުންޔތެރިންގެ މާ ބޮޑު ތަރުހީބެއްވެސް މި ފިލްމް އަށް ކުރިއަށް އޮތްތައިގައިވެސް ލިބިގެން ދާނެ ކަމަކަމަށް ނުފެނެއެވެ.

މި ފިލްމް އަކީ ކަޕިލް ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ ފިލްމްއެކެވެ. އަބަދުވެސް މީހުން ހެއްވާ މަޖާ މީހެއްގެ ގޮތުގައި ފެނިފައިވާ ކަޕިލް މި ފިލްމްގައި ކުޅެފަވަނީ ވަރަށް ސީރިއަސް މީހެއްގެ ރޯލެވެ.

މި ފިލްމް ބިނާވެފައިވަނީ ފެކްޓްރީއެއްގެ ފްލޯ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްގެ ވަޒީފާ ޕެންޑެމިކް ތެރޭގައި ގެއްލުމުން ކާއެއްޗެތި ޑެލިވަރީ ކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރާ އިރުގައި ދިވާމާ ގިނަ ކަންތަށް ތަކުގެ މައްޗަށެވެ. ދަށުފަންތީގެ އާއިލާތަކަށް ނިސްބަތްވާ މީހުންގެ ކޮންމެ ދުވަހެއްގެ ބުރަ މަސައްކަތާއި އެމީހުންނަށް ކުރިމަތިވާ އެކި އެކި ގޮންޖެހުންތައް ފިލްމުގައި ވަރަށް ރީއްޗަށް ގެނެސްދީފައި ވެއެވެ.

ނަންދިތާ ދާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކަޕިލް އާއި އެކުގައި ފެނިގެންދާނި މާ މަޝްހޫރު ނޫން ބަތަލާއެއް ކަމުގައިވާ ޝަހާނާ ގޯސްވާމީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.