ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޢުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ހުޅުމާލެއިން ފެނިފައިވާކަމަށެއެވެ. ފެނުނުއިރު އެކުއްޖާގެ ހާލު ރަނގަޅުކަމަށާ، އެކަން އިތުރަށް ބަލަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ވިލިމާލެއިިން އަންހެން ކުއްޖަކު ގެއްލިގެން ހޯދަންފެށީ އިއްޔެއެވެ. ގެއްލިގެން ހޯދީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. ގެއްލިގެން ހޯދީ ޢާއިޝަތު ޒޯޔާ ނަމަކަށް ކިޔާ ކުއްޖެކެވެ. މިކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެރޭ 19:30 ހާއިރުން ފެށިގެންނެވެ.
ޒޯޔާ ހޯދަން ފެށީ އޭނާ ދިރިއުޅޭ ގޭ ކައިރި ހުންނަ ފިހާރައަކަށް ދިއުމަށް ކަމަށްބުނެ ބުނެފައި ނިކުތް ގޮތަށް އާއިލާއަށް އޭނާގެ ޚަބަރެއް ނުވުމުންނެވެ.
ކޮމެންޓު ފޮނުވާ