އެސްޓީއޯއިން ރޯދައަށް ޚާއްސަކޮށް ސިނާއީ ސަރަހައްދުގައި ކައުންޓަރެއް ހުޅުވައިފި

އެސްޓީއޯއިން ރޯދައަށް ޚާއްސަކޮށް ސިނާއީ ސަރަހައްދުގައި ކައުންޓަރެއް ހުޅުވައިފި

Author
އަޒްފާ ރަޝީދު
18 މާރޗް 2023 09:21
0

ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ރާއްޖެ ގެނެސްފައިވާ އަސާސީ މުދާ ވިއްކުމަށް މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފިއެވެ.

މިކައުންޓަރު ގާއިމުކޮށްފައިވަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައިވާ އެސްޓީއޯގެ ބިމުގައެވެ.

އެސްޓީއޯ އިން ބުނީ މިއީ ރޯދަ މަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގާއިމުކުރި ކައުންޓަރެއްކަމަށެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެ ކުންފުނީގެ ގުދަނުން ފައިސާ ބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ މިހާރު ދޫކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުޅުވޭ ރޯދަ މާޓުންވެސް މިހުރިހާ ހިދުމަތެއް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.