ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ފެށިއްޖެ

ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ފެށިއްޖެ

އދ.ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވަނީ އެކައުންސިލް ރައީސް މަޤާމުން އިސްތިއުފާ ދެެއްވުމާއި ގުޅިގެންނެވެ. މި އިންތޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ދިއްދޫގައާއި މާލޭގައި ކުރިއަށްދާނެއެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާނީ މަޖީދިއްޔާ ސްކޫލޫގައެވެ. ދިއްދޫގައި ވޯޓުލުން ކުރިއަށްދަނީ ދިއްދޫ ސްކޫލުގައެވެ. މިއިންތިޚާބުގައި ވާދަކުރަނީ އަމިއްލަ ގޮތުން ވާދަކުރާ ދެކެނޑިޑޭޓުންނެވެ.

ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާއިރު، އެކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދީގެން އިންތިޚާބު ބޭއްވުމުގެ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *