އެމްޑީޕީން ފާރިސްއަކަށް ރަނިންމޭޓްކަން ނުދޭނެ، ވަކިވަންޏާ ވަކިވާންވީ: ޝަރީފް

އެމްޑީޕީން ފާރިސްއަކަށް ރަނިންމޭޓްކަން ނުދޭނެ، ވަކިވަންޏާ ވަކިވާންވީ: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2023 03:01
0

އަންނަ ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް ކަން ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއިއެކު ކޯލިޝަން ނަހަދައި އޮތް ޖުމްހޫރީ ޕާޓީއަށާއި، އެމްއާރުއެމްއަށް ޝަރީފް ދަނީ މިއަދު ހެނދުނުން ފެށިގެން ކެނޑިނޭޅި ފާޑުކިޔަމުންނެވެ. ޝަރީފް ވަނީ ކޯލިޝަން މިހާތަނަށް ދެމެހެއްޓުނީ ރައީސް ޞާލިހު އެކަމަށް ބޭނުންވެ ކެތްތެރިކަމާއިއެކު އެޖާގަ ދެއްވުމުން ކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން ދެމެހެއްޓުމަށް މިހާތަނަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ދިން އެއްބާރުލުމެއް ނެތްކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވުމަށްފަހު ޝަރީފް އެއްމާރުއެމްއަށް އަމާޒުކޮށް ފާޑު ކިޔަމުން ވިދާޅުވީ އެމްއާރުއެމްއިންވެސް ސަރުކާރު ކޯލިޝަނުން ވަކިވާން ބޭނުންނަމަ ދިގު ނުދަންމައި ވަކިވާން ވީކަމަށެވެ. ކޯލިޝަންގައި ތިބެން އެމްޑީޕީގެ ރަނިންމޭޓްކަން ލިބޭނެކަމަށް އުންމީދު ކުރިޔަސް އެކަމެއް ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއާރުއެމްއިން ވެސް ވަކިވާން ބޭނުމިއްޔާ ދިއުޅި ދިގުނުކޮށް ވަކިވީމަ ނިމުނީ. އެމްޑީޕީ އަކުން ފާރިސް މައުމުނަކަށް ރަނިން މޭޓް ކަމެއް ނުދޭނެ. އެއީކީ ވާނެ ކަމެއްނޫން.

– ޝަރީފް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވިއިރު، އެމްޑީޕީއާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރުމަށްޓަކައި މަޝްވަރާއަށް އެދި ރައީސް ޞާލިހުގެ ސިޓީއެއް ވަނީ އެމްއާރުއެމްއަށް ފޮނުވާފައެވެ. ނަމަވެސް މިހާތަނަށް އެމްއާރުއެމްއިން އެސިޓީގެ ޖަވާބު ދީފައި ނުވާކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވަނީ ވިދާޅުވެފައެވެ.

ކޯލިޝަންގައި އެމްއާރުއެމް އޮތްއިރު، އެމްއާރުއެމްއިން މިހާތަނަށް އެމްޑީޕީއާއި އެއްވެސް މަޝްވަރާއެއް ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ކޮށްފައިނުވެއެވެ. އަދި ރަނިންމޭޓް ކަމެއްވެސް އަދި އެހެން މަޤާމެއްވެސް އެމްއާރުއެމްއިން އެމްޑީޕީއަށް ހުށަހަޅާފައިވާކަމުގެ އެއްވެސް އިޝާރާތެއް އެއްވެސް ޕާޓީއަކުން ކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މއ
މަވޯޓާ
ޙ ޙުސެން
ކޮން ޝަރީފެއް ކަމެއް ނޭންގުން ހަބަރު ކިޔާ ނިމުނު އިރުވެސް
ަ ަރަޝީދު
ރައްޔިތުންގެ ފައިސާ އިން 88 މިލިޔަން ކާލެވުނީމާ ދެންއުޅެންޖެހޭނީ ތިހެން
ނ ނަންސި
ބަލަ ޝަރީފް ކަލޭހީނުކޮެްބަލަ ތިމާއަކީ އެެންމެ ވިސްނޭ އެއްމެމޮޅު ޢިލްމާެއި ހިލްމުން ފުރިގެންވާ މީހާކަމުގައިހީނުކުރާށެވެ ކަލޭތިޔައީ އަހަރުމެން ކުޑައިރު އަތޮޅުގައިއުޅުނު މޮޔަ އަހައްމަދު ދެވަނައެވެ ގާސިމުއާއި ފާރިޝްއައް މަލާމާތްކޮއް ފުރައްސާރަކުރަން ކަލޭތިޔައީ ޒީރޯ ހަމަ ސުމެ !