އިންޑިއާގެ މަޝްހޫރު ރެޕާ/ ލަވަކިއުންތެރިއާ ޔޯ ޔޯ ހަނީ ސިންގްއާ ބެހޭ ޑޮކިއުމަންޓަރީ ސީރީޒެއް ނެޓްފްލިކްސް އިން ގެނެސްދިނުމަށް ނިންމައި އެކަން އިއުލާން ކޯށްފިއެވެ.
މީ "އެލަފެންޓް ވިސްޕަރާ" ގެނެސްދިން ގުނީތު މޮންހާ ޕްރޮޑިއުސްކޮށް، މޮޒެޒް ސިންގް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "އެލަފެންޓް ވިސްޕަރާ" އަކީ ދާދި މިދާކަށްދުވަހު ބޭއްވި 95 ވަނަ އޮސްކާ އެވޯޑްސްގައި ޑޮކިއުމަންޓްރީ ޝޯޓް ކެޓަގަރީން އެވޯޑް ހާސިލު ކޮށް އިންޑީއާ ފަހުރުވެރި ކޮށްދިން އެއްޗެކެވެ.
ހަނީ އާއި އެކުގައި މިހާރު މި ޑޮކިއުމެންޓަރީގެ ޓީޒާ އަންނަނީ ދައްކަމުންނެވެ. މީގައި އޭނާ އާއި ބެހޭގޮތުން ގިނަ މައުލޫޟާތު ތަކެއް ގެނެސްދޭނެއެވެ. ނަމަވެސް މި ޑޮކިއުމެންޓްރީ ދައްކާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.
މިހާތަނަށް ކާމިޔާބު އެތައް ލަވައެއް ގެނެސްދީފައިވާ ޔޯ ޔޯ ހަނީ ސިންގް 40، އަކީ އެތައް ވީޑިއޯ ލަވައެއް ވެސް ގެނެސްދީފައިވާ އަދި ބޮލީވުޑްގެ އެތައް ފިލްމަކަށް ވެސް މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ވަރަށް މަގުބޫލު ލަވަކިއުންތެރިއެކެވެ.
ކޮމެންޓު ފޮނުވާ