2021 ގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް""ބޫތު ޕޮލިސް"ގެ ޑައިރެކްޓަރ ޕަވަން ކްރިޕްލާނީގެ ކުރިއަށް އޮތް ފިލްމް "ގޭސްލައިޓް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
ފިލްމްގެ ލީޑުން ފެނިގެންދާނީ ސާރާ އަލީ ހާން އާއި ޗިތުރަންގަދާ ސިންގް އަދި ވިކްރާންތު މަސީ އެވެ. ފިލްމް ގެ ޝޫޓިން ނިންމައި މިހާރު ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް ދާއިރުގައި ފިލްމްގެ ޕްރޮމޯޝަންތަށްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެއެވެ.
"ގޭސްލައިޓް" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މި ފިލްމް ޕްރިމިއާ ކުރުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 31 އަށެވެ. ފިލްމް ޕްރިމިއާ ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.
"ގޭސްލައިޓް" ޑައިރެކްޓްކުރީ ސާރާގެ ބައްޕަ ސައިފް އަލީ ހާން މުހިއްމު ރޯލެއް ކުޅުނު 2021 ގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އެވެ.
ކޮމެންޓު ފޮނުވާ