މި މަހުގެ 31 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާ ކުރަން ނިންމައިފައިވާ ފިލްމް "ގޭސްލައިޓް" ގެ ޝޫޓިންގ އަށް ހޭދަވީ އެންމެ 36 ދުވަސް ކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފިއެވެ.
އާންމުކޮން ވެސް ކުރު މުއްދަތުގެ ފިލްމް ތަށް ނިންމަށް މަޝްހޫރު ޑައިރެކްޓަރ ޕަވަން ކްރިޕްލާނީގެ މި ފިލްމް ގެ މުހިންމު ރޯލުތަކުން ފެނިިގެންދާނީ ސާރާ އަލީ ހާން އާއި ޗިތުރަންގަދާ ސިންގް ގެ އިތުރުން ވިކްރާންތު މަސީއެވެ.
މި ފިލްމް އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕަވަން ބުނީ މި ފިލްމް ނިންމުމަށް ހޭދަވީ 36 ދުވަސް ކަމަށެވެ. މި ފިލްމްގެ ޝޫޓިން ތަށް ކުރިއަށް ގެންގޮސްފައިވަނި ގުޖުރާތުގައިއެވެ.
"މި ފިލްމް ޝޫޓިން މުއްދަތަކީ 36 ދުވަސް. ބަޖެޓް ކުޑަ ބަޖެޓަކުން ޓައިޓް ޝެޑިއުލަކުން ކުރިއަށް ގެންދިއަ ޝޫޓިން ތަކެއް. ހުރިހާ އެކްޓަރުންވެސް ދެއްކީ ވަރަށް މޮޅު އެކްޓިންނެެއް. މަދު ދުވަހާއި އަދި މަދު ލޮކޭޝަން ތަކެއްގައި މި ފިލްމް ކުރިއަށް ގެންދިއައީ"
"ގޭސްލައިޓް" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މީ ފިލްމްގެ ސްޓޯރީ އާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ ދައްކައިލައިފިއެވެ.
ގޭސްލައިޓް" ގެ ޑައިރެކްޓަރަކީ ސާރާގެ ބައްޕަ ސައިފް އަލީ ހާން މުހިއްމު ރޯލެއް ކުޅުނު 2021 ގެ ފިލްމު "ބޫތު ޕޮލިސް" ވެސް ޑައިރެކްޓް ކުރި ޑައިރެކްޓަރެވެ. މީ ސާރާ އާއި ކުގައި ޕަވަން ކުރާ ފުރަތަމަ މަސައްކަތެވެ.
ކޮމެންޓު ފޮނުވާ