ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއްދީގެން މިއަހަރުގެ މެރިން އެކްސްޕޯ ފަށައިފި

ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއްދީގެން މިއަހަރުގެ މެރިން އެކްސްޕޯ ފަށައިފި

އެހެން އަހަރުތަކާއި ހިލާފަށް ޑައިވިން ދާއިރާއަށް ޚާއްސަ އިސްކަމެއްދީގެން މޯލްޑިވްސް މެރިން އެކްސްޕޯ ރޭ ފަށައިފިއެވެ.

މެރިން އެކްސްޕޯގެ 8 ވަނަ އެޑިޝަން ފެށިގެން ކުރިއަށްދާއިރު، ޖުމްލަ 150 އަށްވުރެ ގިނަ އެގްޒިބިޓަރުން މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގައި ބައިވެރިވެފައިވާކަމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލަޔަރުން، ފަދަ ދާއިރާތަކުން ބައިވެރިވެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން ޢައިޝަތު ނަހުލާއެވެ. އަދި މިއެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވީރު 15:00 އިން ރޭގަނޑު 11:00 އަށެވެ

މި އެކްސްޕޯގައި 160 އަށްވުރެ ގިނަ ސްޓޯލްތައް ހިމެނޭއިރު، މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *