ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލައިފި

ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2023 06:53
0

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އަދި ލޭބަ ޕާޓީ މިއަދު އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިޔާސީޕާޓީގެ ޤާނޫނު ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އަށް މެންބަރުން ހަމަކުރުމަށް ދެވުނު 3 (ތިނެއް) މަސް ދުވަހުގެ މުއްދަތުގައި، ޤާނޫނު ލާޒިމްކުރާ ޢަދަދަށް މެންބަރުން ހަމަކޮށްފައި ނުވާކަމަށެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި ދެ ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ ދަރަންޏަށް ޒިންމާވާނީ ގަވާއިދު ނަންބަރު 2019/R-110 (ސިޔާސީ ޕާޓީގެ ގަވާއިދު)ގެ 29 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅައި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ދިވެހިރައްޔިތުންގެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އުނިކޮށްފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޑީއާރުޕީގައި ތިބީ 2،242 މެމްބަރުންނެވެ. ލޭބަ ޕާޓީގައި ތިބީ 2،556 މެމްބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.