އަނަންނިޔާ އާއި ސިދާތް އެކުގައި

އަނަންނިޔާ އާއި ސިދާތް އެކުގައި

Author
ފާތިމަތު ނާވީ
16 މާރޗް 2023 06:37
0

ބޮލީވުޑްގެ އައު ޖޯޑު ކަމުގައި ބުނަމުން އަންނަ ދެ ތަރިން ކަމުގައިވާ އަނަންނިޔާ ޕާންޑޭ އާއި ސިދާތް ރޯއީ ކަޕޫރު އެކުގައި ރޭމްޕަގައި ހިގައިލައިފިއެވެ. މީ ދިއަ ހަފްތާގެ ބޭއްވި ލެކްމޭ ފެޝަންވީކް ގައި މަނީޝް މަލޯތަރްގެ ޝޯވ ޓޮޕާ އެއްގެ ގޮތުގައި އެދެމީހުން ވަނީ ރޭމްގައި ހިނގައިފައިއެވެ.

އެއާއި އެކުގައި ގިން ބަޔަކު ބުނަމުން އަނަނީ އެދެމީހުން އެއްބަސް ނުވި ނަމަވެސް ދެމީހުން ހަގީގަތުގައިވެސް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމުގައިއެވެ. އަދި އެމީހުން އެކަކު އަނެއްކެއް ދެކެވާލޯބި އެމީހުންގެ މޫނުން ވެސް ފާޅު ވާކަމަށް ބުނެފައިއެވެ.

ސިދާތް އާއި އަނަންނިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކ ދެކެވެން ފެށީ ކަރަން ޖޯހަރުގެ 50 ވަނަ އުފަންދުވަހާއި ގުޅުވަިއގެން ބޭއްވި ޕާޓީގައި އެމީހުން ވަރަށް ގާތް ކޮށް ވާހަކަ ދައްކާތަން ފެނުން ހިސާބުންނެވެ. އަދި ހަމަ އެއާއި އެކުގައި އެމީހުން ވަނި އެކުގައި ބޭރު ތެރެއިންވެސް އަދި އެއާޕޯޓް އިން ވެސް ފެނިގެން ގޮސްފައިއެވެ. މި ދެތަރިން މިހާތަނަށް އެކުގައި މަސައްކަތެއް ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އަންނަނިޔާ ވަނީ މީގެ ކުރިން ޝާހިދު ކަޕޫރު ގެ ކޮއްކޮ އިޝާން ކައްޓަރު  އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ. އެގޮތުން އެމީހުން ވަނި 3 އަހަރެއްހައި ދުވަހު އެކުގައި އުޅެފައިއެވެ. އެދެމީހުން ބައްދަލު ވީ އެކުގައި އެމީހުން ކުޅުން ފިލްްމް "ކާލީ ޕީލި"ގެ ސެޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.