އިމްރާނުގެ ހިސާބު: %51.2 އަށްވުރެ މަތިން ރައީސް ޞާލިޙު ވޯޓު ހޯއްދަވާނެ

އިމްރާނުގެ ހިސާބު: %51.2 އަށްވުރެ މަތިން ރައީސް ޞާލިޙު ވޯޓު ހޯއްދަވާނެ

Author
ޢަލީ އާދަމް
15 މާރޗް 2023 10:40
0

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެމްޑީޕީއާއެކު ކުރިއަށްދާން އެންމެފުރަތަމަ ކޯލިޝަންހެދި ޢަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުުގެ ހޯމް މިިސްޓަރު ޖެއްސެވި ހިސާބުން 51.2 އިންސައްތައިން އިންތިޚާބު ކާމިޔާވު ކުރައްވާނީ ރައީސް ޞާލިޙުކަމަށް ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވީ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙުގެ އެމްޑީޕީއާއި ވިޔަފާރިވެރިޔާ ސަން ސިޔާމްގެ އެމްޑީއޭއާއި އަދާލަތު ޕާޓީގެ ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ވާނެކަމަށެވެ. ވަރަށް ހިސާބު ޖެހިއްޖެކަމަށާ، މި ތިން ޕާޓީ އެކުވެގެން ރައީސް ޞާލިހް ދެވަނަ ދައުރަކަށް ހޮވުމަށް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޞާލިޙާއެކު ކޯލިޝަން ނުހަދައި ވަކިން އިންތިޚާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން އިއްޔެ ނިންމުމާއެކު ޢަދާލަތުން އަންނަނީ ރައީސް ޞާލިޙަށް ތާޢިދުކޮށް ގިނަ ވާހަކަތައް ދައްކަމުންނެވެ. އަދި ޖުމްހޫރީ ޕާޓީއާ ނުލައި ފަސޭހަކަމާއެކު ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ވާނެކަމަށް ޢަދާލަތުން އަންނަނީ ބުނަމުންނެވެ.

ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ޞާލިޙާއެކު ކޯލިޝަން ހަދަން ނިންމިކަން ޢިއުލާންކުރީ ޢަދާލަތުން އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.