ރައީސަށް ފާޑު ކިޔައިގެން ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާދޭން އަމުރުކޮށްފި

ރައީސަށް ފާޑު ކިޔައިގެން ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާދޭން އަމުރުކޮށްފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑު ކިޔައިގެން ވަޒީފާއިން ވަކި ކުރި މީހަކަށް ވަޒީފާ އަލުން އިޔާދަ ކުރަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.

ސަދާން ޓްރާންސްޕޯޓް ލިންކުގެ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުރި އިސްމާއީލް ރަޝީދު (އިއްސެ) ވަޒީފާއިން ވަކިކުރީ މީސްމީޑިއާގައި ރައީސް ޞާލިހަށް ފާޑުކިޔާތީއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކީ މައްސަލައިގައި އިއްސެ ވަޒީފާއިން ވަކިކޮށްފައިވަނީ ޖޫން 2021 ގައެވެ. އޭރު އެމްޕީއެލް އިން ބުނެފައި ވަނީ އިއްސެ ވަޒީފާ އިން ވަކި ކުރަނީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވުމުން ކަމަށެވެ.

އިއްސެ ވަޒީފާއިން ވަކިކޮށްފައިވާ ސަބަބުގެ ތަފްސީލީ އެރިޕޯޓުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރަށާއި އަދި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ޖެއްސުންކޮށް އެއްޗެހި ކިޔަމުންދާތީ ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް އަންގުމުން ވެސް އެކަން ހުއްޓާފައި ނުވާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ޓްރައިބިއުނަލުން މިއަދު ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ނިންމުމުގައި އިސްމާއިލް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައި ނެތުމުން އޭނާ ވަޒީފާއިން ވަކިވެފައިކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަލުން އިއާދަކުރާ ދުވަހާ ދެމެދުގައި ހިނގި މުއްދަތަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ، ވަޒީފާއިން ވަކިކުރަން ދިން ނޯޓިސްގެ މުއްދަތާއި އަހަރީ ޗުއްޓީން ބާކީ ހުރި ދުވަސްތަކުގެ ފައިސާ އުނިކުރުމަށްފަހު އެއް މަސްދުވަހުގެ ތެރޭގައި ދޭން ޓްރައިބިއުނަލުން އަންގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ