ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު "އެމްޓީސީސީ ރޯދަ ޕްރޮމޯ" ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު "އެމްޓީސީސީ ރޯދަ ޕްރޮމޯ" ފަށައިފި

Author
އަޒްފާ ރަޝީދު
14 މާރޗް 2023 03:46
0

ބޮޑެތި ޑިސްކައުންޓްތަކަކާއި އެކު "އެމްޓީސީސީ ރޯދަ ޕްރޮމޯ" ފަށައިފިއެވެ.

އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮމޯޝަން އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.އަދި މި ޕްރޮމޯޝަންގައި އެ ކުންފުނިން ވިއްކާ އިންޖީނުތަކުން ޑިސްކައުންޓު ލިބޭނެއެވެ.

އެމްޓީސީސީގެ މި ޕްރޮމޯޝަން ހާއްސަ ކުރަނީ އިންޑަސްޓްރިއަލް ބޯޓް ބަނުމާއި، އިންޖިނިއަރިންގ ދާއިރާގެ އިތުރުން ޓޫރިޒަމް ދާއިރާ (ލިވަބޯޑުތައް، ރިސޯޓު އަދި ލޯކަލް ޓޫރިޒަމް) އާއި ފެރީ އަދި ލޮޖިސްޓިކަލް އޮޕަރޭޓަރުންނާއި މަސްވެރިންނަށެވެ.

އެގޮތުން ޔަންމާ އިންޖީނާއި ސުޒުކީ އިންޖީނުން ޑިސްކައުންޓު ލިބޭއިރު، ސްކޮޓް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް އިން ވެސް ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ކާސްޓްރޯލް ލުބްރިކަންޓްސް އާއި ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް އިން ވެސް ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މެރޯލް ސްޓީއަރިންގ ސިސްޓަމް އާއި ޓިއުބް، ޝެފްޓް، ޕްރޮޕެލާ އިން ވެސް ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ދިނުމަށް އެކުންފުނީގެ ޓީީމުތަކުން މާލޭ ބަނދަރުމައްޗާއި ހުޅުމާލޭ ކަންނެލި ޖެޓީ އަދި ވިލިމާލޭ ބަނދަރުމައްޗަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތިލަފުށީ އިންޑަސްޓްރިއަލް ސައިޓާއި ބޯޓު ޔާޑަށް ވެސް އެ ކުންފުނީގެ ޓީމުތައް ގޮސް ޕްރޮމޯޝަނާއި ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.