ދައުލަތަށް 52 މިލިއަން ދައްކަން ޔާމީނަށް އެންގި މައްސަލަ އިސްތިއުނާފްކޮށްފި

ދައުލަތަށް 52 މިލިއަން ދައްކަން ޔާމީނަށް އެންގި މައްސަލަ އިސްތިއުނާފްކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2023 01:43
0

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ނުވަތަ 52 މިލިއަން ރުފިޔާ، ދައުލަތަށް ދައްކަން އެ މަނިކުފާނުގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވަނީ އިއްވައިފައެވެ.

މީގެ އިތުރުން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އޮތީ އަމުރުކޮށްފައެވެ. އެ އަމުރު އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވީ އިއްޔެއެވެ. އެ މައްސަލަ ބަލައިގަތުމާ އަދި ވަކި ގޮތެއް ނުނިންމައެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ވަނީ އިސްތިއުނާފްކޮށްފައެވެ. އަދި އެމައްސަލާގައި ބައެއް ކަންކަން ރަނގަޅު ކުރުމަށް ކޯޓުން ވަނީ ވަކީލުންނަށް އަންގާފައެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފްކޮށްފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީރަޝީދު
ތިޔަ ފައިސާ ދައްކާށެވެ. ތިޔައީ ރައްޔިތުންގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން ހޯދާފައިހުރި ފައިސާއެވެ. މިއަދު ނުދިނިއްޔާ ކޮންމެވެސް ދުވަހަކުން ދިވެހިން ތިޔަ ފައިސާ ނޫނިއްޔާ ތިޔަ ފައިސާއިން ހަދަމުންދާ ގަޑުވަރު އަތުލާނެއެވެ.