ބާރްތީ އާއި ހަރްޝް ވެސް ފިލްމް އަކުން

ބާރްތީ އާއި ހަރްޝް ވެސް ފިލްމް އަކުން

Author
ފާތިމަތު ނާވީ
15 މާރޗް 2023 07:54
0

އިންޑިއާގެ މަޝްހޫރު ކޮމޭޑިން ދެމަފިރިން ކަމުގައިވާ ބާރްތީ ސިންގް އާއި ހަރްޝް ލިމްބާޗިއާ ކުރިއަށް އޮތް ޑައިރެކްޓަރު ކަރަން ޖޯހަރް ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ފެނިގެންދާނެ ކަަމަށް ހަބަރުތަށް ބުނެފިއެވެ.

މި ހަބަރު ކަށަވަރު ކޮށްދީފައިވާއިރުގައި މި ދެމީހުންނަކީ ވެސް މަޝްހޫރު ދެ ކޮމޭޑީއަނުންނެވެ. އެދެމީހުން ފެނިގެން ދާނީ ފިލްމް ގެ ހާއްސަ ފެނިލުމަކުން ކަމަށް ވެއެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ޑައިރެކްޓް ކުރާ ފިލްމްއެކެވެ. އޭނާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުވެސް މެއެވެ. މި ވާހަކަ ކަށަވަރު ކޮށްދެމުން ބާރްތި ބުނީ ކަރަންގެ ފިލްމުގެ ހާއްސަ ފެނިލުންތަކެއްގައި ބައިވެރިވާން ކަރަން ގުޅާފައި ފުރުސަތު ދިނުމުން ވަރަށް އުފާވި ކަމަށެވެ.

ބާރްތީ ވަނީ މީގެ ކުރިންވެސް ފިލްމް ތަކުގެ ބައެއް ކުދި ކުދި ބައިތަކުން ފެނިގެން ގޮސްފައިއެވެ. އޭނާ އަކި މަޝްހޫރު ކޮމޭޑިއަނެއްގެ އިތުރުން ހޮސްޓެއް ވެސް މެއެވެ. އެދެމީހުންނަށް ވަނީ މިދިއަ އަހަރު ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Bharti Singh (@bharti.laughterqueen)

މި އަހަރުގެ ޖުލައި 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު އިތުރު ތަރިންތަކެއް ވެސް ހާއްސަ ފެނިލުންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި އަރުޖުން ބިޖިލާނީ، ޝްރަދާ އަރިއާ، ސްރިތީ ޖާ އަދި އަރިޖިތު ތަނޭޖާ ހިމެނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލީޑުން ފެނިގެންދަނީ ރަންވިރު ސިންގް އާއި އާލިއާ ބަޓްއެވެ. މީގެ އިތުރުން ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އަދި ޝަބާނާ އާޒްމީ ވެސް މުހިންމު ރޯލު ތަކުން ފެނިގެން ދާނެއެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.