ފިލްމް ކުޅޭ އިރުގައި ވަރަށް ބަލާނެ ކަމަށާއި ކޮންމެ ކޮންމެ ފިލްމް އެއް ނުކުޅޭނެ ކަމަށް ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބުނެފިއެވެ.
އޭނާ ބުނީ ފިލްމް އަކަށް ސޮއި ކުރާނީ ވަރަށް ބެލުމަށް ފަހު ކަމަށާއި އަދި ފިލްމް އަށް ދެވޭ ވަގުތާއި "ވޯތުވާ ވަރު" ގެ އެއްޗަކަށް އެ ފިލްމް ނުވާ ނަމަ އެ ފިލްމް އެއް ނުކުޅޭނެ ނަކަށް ބަތަލާ ވަނީ ބުނެފައިއެވެ.
އަނުޝްކާ އެންމެ ފަހުން ފެނިގެންދިއައީ 2018 ވަނަ އަހަރުގެ ފިލްމް "ޒިރޯ" އިންނެވެ. އެ ފިލްމް އަކީ ބޮކްސް އޮފީހުގައި ފްލޮޕް އެކެވެ. ފިލްމް އިން އަނުޝްކާ ގެ އިތުރުން ޝަހުރުކް ހާން އަދި ކެޓްރީނާ ކައިފްވެސް ފެނިގެން ދިއައެވެ.
އެފަހުން އަނުޝްކާގެ ފިލްމް އެއް މިހާތަނަށް ރިލީޒް ކޯށްފައިއެއް ނުވެއެވެ. އޭނާ އަށް ދައިއަކު ލިބުމުން އެކްޓިންގ އިން ބްރޭކެއް ނަގައިފައިވާ ބަތަލާ އެކަމަކު މިހާރު އަންނަނީ ފިލްމް އެއްގެ މަސައްކަތް ކުރަމުންނެވެ. މިހާރު ޝޫޓިން ނިންމައިފައިވާ އެ ފިލްމްގެ ނަމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ.
އަދި ގެނެސްދޭނެ އިރެއް އިއުލާން ނުކުރާ އެ ފިލްމުގައި ކްރިކެޓް ތަރި، ވިރާޓް ކޯލީގެ އަންހެނުން ފެންނާނީ އިންޑިއާގެ ކުރީގެ އަންހެން ކްރިކެޓް ތަރި، ޖޫލާން ގޮސްވާމީގެ ރޯލުންނެވެ.
އަނުޝްކާ އާއި ކްރިކެޓާ ވިރާޓް ކޯލީ ކައިވެނި ކުރީ 2017 ވަނަ އަހަރުގައިއެވެ. އަދި އެމީހުންނަށް ދަރިއަކު ލިބިފައިވަނީ 2021 ވަނަ އަހަރުގައިއެވެ.
ކޮމެންޓު ފޮނުވާ