ޕޯސްޓުން ގެނައި 96،000 ރުފިޔާގެ ކެނެބިސް އަތުލައިގަނެފި

ޕޯސްޓުން ގެނައި 96،000 ރުފިޔާގެ ކެނެބިސް އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2023 03:19
0

ރާއްޖެ އެތެރެކުރަން އުޅުނު 96 ހާސް ރުފިޔާގެ ކެނެބިސް އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް އެކްރޭކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމަށް ނިންމުނު ޕެކޭޖެއްގެ ތެރެއިން ހިކިފަތެއް ފެނިގެން އެތަކެތި ތަހުލީލް ކުރުމުގެ ތެރޭގައި ކަމަށެވެ.

ބަލާ ފާސްކުރެވުނު ޕެކޭޖަކީ އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕެކޭޖެކެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަހުލީލްކުރިއިރު، މިތަކެތި ވަނީ މާސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ، ކެނެބިސްއަށް ޕޮޒިޓިވް ވެފައިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އަތުލައިގަނެވުނު މަސްތުވަތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 120 ގުރާމު ހުރިއިރު މިތަކެތީގެ އަގު 96،000،00 ނުވަދިޔަ ހަހާސް ރުފިޔާއަށް އަރައެވެ. މިމައްސަލަ އިތުރަށް ތަހުގީގް ކުރުމަށްޓަކަިއ މިޕެކޭޖް ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.