ހުޅުމާލޭގައި އަޅާ އެމްއޭސީއެލްގެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި އަޅާ އެމްއޭސީއެލްގެ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Author
އަޒްފާ ރަޝީދު
13 މާރޗް 2023 03:00
0

ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން ނިންމައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި އެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އެމްއޭއެސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލުން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން ނިންމި ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ބަދަލްކޮށް އުމަރު ޒާހިރު އޮފީސް ބިލްޑިންގްއަށް އޮފީސްތައް ބަދަލްކޮށް މިދިޔަ މަހުގެ ތެރޭގައި މިތަން ވަނީ ހުޅުވާފައެވެ.

އެ އިމާރާތް ހުޅުވަން މިދިޔަ މަހުގެ 15 ގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.