ސަލްމާން ހާން އާއިއެކުގައިި މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ގެނެސްދޭ ފިލްމް އަކީ " ޕްރެމް ކީ ޝާދީ" ކަމަށް ހަބަރުތަށް ބުނެފިއެވެ. ސަލްމާން އާއި އެކުގައި ސޫރަޖް ފިލްމް އެއް ގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިއަ އަހަރުން ފެށެގެން އަންނަނީ ވާހަކަ ދެކެވެމުންނެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫހެއް ކަމުގައިވާ 'ޕިންކްވިލާ' އިން ބުނި ގޮތުގައި ސަލްމާން ޚާން އާއި ސޫރަޖް ބަރްޖަތިޔާ 5 ވަނަ ފަހަރަށް އެކުގައި ފެނިގެންދާނީ "ޕްރޭމް ކީ ޝާދީ" ނަމަކަށް ކިޔާ އެޕިކް ފެމިލީ ޑްރާމާއަކުން ކަަމަށެވެ.
ސަލްމާންގެ ޝެޑިއުލް މީހާރު ދަނީ ވަރަށް ބިޒީ ކޮންނެވެ. މިދިއަ އަހަރު އެއްވެސް ފިލްމް އެއް ރިލީޒް ކޮށްފައިނުވާ އެކްޓަރުގެ ދެ ފިލްްމްއެއް މިއަހަރު ރިލީޒް ކުރާނެއެވެ. އެއީ މިއަހަރުގެ އީދު އަދި ދިވާލީ ރިލީޒްކުރުމަށް ތާވަލަށް ކޮށްފައިވާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އަދި "ޓައިގާ 3″ ކެވެ.
އެކަމަކު ސޫރަޖްގެ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ސަލްމާނާއި ސޫރަޖް "ޕްރޭމް ކީ ޝާދީ" އަށް މަޝްވަރާކުރާތާ ދުވަސްތަކެއްވެއްޖެ ކަމަށާއި މިހާރު ޕްލޭންކޮށްފައި އޮތީ މި އަަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ފިލްމުގެ ޝޫޓިން ފަށާށެވެ. އަދި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެދެމީހުން އެކުގައި ވަނީ ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިއެވެ. އެއީ ސަލްމާން ހާން ބޮލީވުޑް އަށް ތައާރަފްވި ފިލްްމް 1989 ގެ "މޭނޭ ޕިޔާރު ކިޔާ" 1994 ގެ "ހަމް އާޕް ކޭ ހޭ ކޯން" އާއި 1999 ގެ "ހަމް ސާތު ސާތު ހޭ" ގެ އިތުރުން 2015 ވަނަ އަހަރުގެ ފިލްމް "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
ކޮމެންޓު ފޮނުވާ