"އިންޑިއާސް ބެސްޓް ޑާންސާ"ގެ ޖަޖުންގެ ޕެނެލުން މަލައިކާއަށް ފުރުސަތު ގެއްލިއްޖެ

"އިންޑިއާސް ބެސްޓް ޑާންސާ"ގެ ޖަޖުންގެ ޕެނެލުން މަލައިކާއަށް ފުރުސަތު ގެއްލިއްޖެ

Author
ފާތިމަތު ނާވީ
13 މާރޗް 2023 04:27
0

ސޮނީ ޓީވީގެ މަޝްހޫރު ރިއަލިޓީ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ"ގެ ތިން ވަނަ ސީޒަންގެ ޖަޖުންގެ ޕެނެލުން މަޝްހޫރު ތަރި މަލައިކާ އަރޯރާ އަށް ފުރުސަތު ގެއްލިއްޖެ އެވެ.

މި ޝޯވ އަކީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފުރަތަމަ ދެ ސީޒަން ގެނެސްދިން މަޝްހޫރު ރިއަލިޓީ ޝޯއެކެވެ. ބޮލީވުޑް ޑާންސިން، ކޮންޓެމްޕަރަރީ، އިންޑިއަން ކްލެސިކަލް ފޯމްސް އަދި ހިޕްހޮޕް ފަދަ ތަފާތު ޑާންސް ފޯމްތަކުން ހުނަރު ދައްކާލި ވަރަށް ހުނަރުވެރި ބައެއް ފަރާތްތަކަށް މި ޝޯއިން ޕްލެޓްފޯމެއް ލިބުނެވެ.

މި ޝޯ މިހާރު ވަނީ ސީޒަން ތިނަކާ އެކު އެނބުރި އައިސްފަ އެވެ. މި މަހުގެ ކުރީކޮޅު  ސީޒަންގެ ހޯސްޓަކަށް ހަމަޖެހިފައިވާ އިންޑިއާގެ މަޝްހޫރު ހޯސްޓް ޖޭ ބަނުޝާލީ ވަނީ ޝޫޓިންގެ ފުރަތަމަ ދުވަހުގެ ސްނެޕްތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި ހަމަ އެއާއި އެކުގައި ސޮނީ ޓީވީން ވަނީ އެ މީހުންގެ ސޯޝަލް މީޑިއާގައި ޕްރޮމޯ ހިއްސާކޮށްފަ އެވެ.

ނަމަވެސް މި ޕްރޮމޯ ތަކުން ފެންނަ ގޮތުގައި މީގެ ކުރިން މި ޝޯގައި ޖަޖެއްގެ ގޮޑިން ފެނިގެންދިއަ މަލައިކާ ގެ ބަދަލުގައި އައި ޖަޖެއް ވަނީ ގެނެސްފައިއެވެ. އެއީ ކުރީގެ މަޝްހޫރު ބަތަކާ ސޯނާލީ ބޭންޑްރޭއެވެ.

ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާގެ ބަދަލުއި ޝޯގެ ތިން ވަނަ ސީޒަންގެ ޖަޖުންގެ ޕެނަލުން މި ފަހަރު ސޮނާލީ އަށް ފުރުސަތު ލިބިފައިވާ އިރުގައި، ފާހަގަކޮށްލެވޭ ކަމަކީ އޭނަ މިދިޔަ އަހަރު ޒީޓީވީގެ "ޑާންސް އިންޑިއާ ޑާންސް ލިޓްލް މާސްޓާސް" ގެ ޖަޖުކަން ވެސް ވަނީ ކޮށްފައިއެވެ. މި ޝޯވ އިން މަލައިކާ އަށް ފުރުސަތު ނުލިބުނީ ކީއްވެ ކަމެއް ނޭގެއެވެ.

އަންނަ މަހުގެ 8 ގައި އޮޑިޝަންތަކާ އެކީ "އިންޑިއާސް ބެސްޓް ޑާންސާ 3″ ފަށާނެ އެވެ. މީގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.