ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް އަދި ކޮމީޑިއަން ކަޕިލް ޝަރުމާ އަކީ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ކޮމީޑީއަންއެވެ. ފާއިތުވި އަހަރުތަކުގައި އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއި އެކުގައި އޭނާ ވަނީ އެކްޓިންގެ ހުނަރު ދައްކައިލައި ބައެއް ފިލްމް ތަކުގައި ވެސް މަސައްކަތް ކޮށްފައިއެވ.
ކަޕިލްގެ ފެމިލީ އެންޓަޓައިނިން ޝޯ، "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް މަގުބޫލު ޝޯވ އެކެވެ. އަދި ޝޯވގެ ސަބަބުން އޭނާ އަކީ ސްޓާރެކެވެ. ގިނަ ބައެއްގެ ތައުރީފް ލިބޭ މީހެކެވެ.
ޓީވީ ޝޯ "ސީދީ ބާތު އޮން އާޖް ތަކް" ގެ އާ އެޕިސޯޑެއްގައި ސުދީރު ޗައުދަރީއާ ވާހަކަ ދައްކަމުން ކަޕިލް ޝަރުމާ އަށް ދުވަހަކު ވެސް އަމިއްލައަށް މަރުވުމުގެ ވިސްނުމެއް އޮތްތޯ ސުވާލު ކުރުމުން ކަޕިލް ބުނީ އޭނާ އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅެފައިވާ ކަމަށެވެ.
ޕްރޮފެޝަނަލް ރޮނގުން ކަޕިލް ޝަރުމާގެ މީގެ ކުރިން ދެ ކޮމެޑީ ފިލްމެއް ކުޅެފައިވާ އިރު، އެއީ 2015 ގައި ރިލީޒްކުރި "ކިސް ކިސްކޯ ޕިޔާރު ކަރޫން" އާއި 2017 ގައި ރިލީޒް ކުރި "ފިރަންގީ" އެވެ. އޭނާ މިއަހަރު ފެނިގެންދާނީ "ޒްވިގާޓޯ" އިންނެވެ.
މި ފިލްމަކީ ޕެންޑެމިކްގެ ތެރޭގައި ވަޒީފާ ގެއްލޭ ފެކްޓްރީއެއްގެ ކުރީގެ ފްލޯ މެނޭޖަރެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ވަޒީފާ ގެއްލުން ފަހުން އޭނާ މަސައްކަތް ކުރަނީ ކާބޯތަކެތި ޑެލިވަރީ ކޮށްދޭ މީހެއްގެ ގޮތުގަ އެވެ.
2022 ވަނަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވޯލްޑް ޕްރިމިއާ ކުރުމަށް ފަހު، 2022 ވަނަ އަހަރުގެ ބުސާން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ވެސް "ޒްވިގާޓޯ" ވަނީ ސްކްރީންކޮށްފަ އެވެ. ނަންދިތާ ދާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ގައި ކަޕިލް އާއި އެކުގައި ފެނިގެންދާނީ ޝަހާނާ ގޯސްވާމީއެވެ.
ކޮމެންޓު ފޮނުވާ