ޕޯސްޓުން މެދުވެރިކޮށް ރާއްޖެ ގެނައި 9 ލައްކަ ރުފިޔާގެ ޑުރަގު އަތުލައިގަނެފި

ޕޯސްޓުން މެދުވެރިކޮށް ރާއްޖެ ގެނައި 9 ލައްކަ ރުފިޔާގެ ޑުރަގު އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2023 06:39
0

އިނގިރޭސި ވިލާތުން ރާއްޖެއަށް އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމަސް އިން ބުނީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސް ކުރުމުގެ ތެރޭގައިި 250 ގުރާމު މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. ބަލާ ފާސްކުރެވުނު ޕެކޭޖަކީ އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެކެވެ.

ކަސްޓްމަސް އިން ބުނީ ފުރަތަމަ މަރުހަލާގައި މިތަކެތި ޓެސްޓް ކުރިއިރު މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 520 ގުރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 9،00،000 ނުވަލައްކަ ރުފިޔާއަށް އަރާކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގް ކުރުމަށްޓަކައި މިޕެކޭޖް ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމަސް އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.