އެމްޑީޕީން މާދަމާރޭ މާހެފުމެއް ބާއްވަން ނިންމާފައި ވަނިކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންވެސް މާހެފުމެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން މާހެފުމެއް ބޭއްވުމަށް ނިންމައި އިއުލާން ކުރާތާ ދެތިން ދުވަސް ވެއްޖެއެވެ. އެމްޑީޕީގެ މާހެފުމަކީ އެ ޕާޓީގެ މާލެ ދާއިރާތަކުން އެމްޑީޕީގެ އާންމު މެންބަރުންނަށް ދޭ މާހެފުމެކެވެ. މި މާހެފުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ރޭ 8:00 އިން 10:00 އަށް އެމްޑީޕީގެ މައި ހަރުގޭގައެވެ.
އެމްޑީޕީގެ މާހެފުން ބާއްވަން ނިންމަފައި ވަނިކޮށް ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ކުރިއަށްގެންދާ ފިކުރެއްގެ ދިރުމުގެ ހަރަކާތުން ވަނީ މާދަމާރޭ ހަމަ އެގަޑީގައި އެމްޑީޕީގެ ހަރުގެއާ ވަރަށް ކައިރީގައި ކާނިވާ ސަރަހައްދުގައި ހަދާފައިވާ ދޮންމަނިކު ސްކައިވިއުގައި މާހެފުމެއް ބާއްވަން ނިންމާފައެވެ.
ރޯދައިގެ ކުރިން ބައްދަލުވެ ސަލާންގަލާން ކޮށްލަން ރަނުގެ ފުރުސަތެއް.
މާހެފުން ރައީސް ނަޝީދު އާއި އެކު.
13.03.2023 (ހޯމަ)
ރޭގަނޑު 8.15
ދޮންމަނިކު ސްކައި ވިއު ރެސްޓޯރަންޓް pic.twitter.com/0co2uS7nKe— Thaufeeg Abdulla (@ThaufeegA) March 11, 2023
ރިޔާސީ އިންތިޚާބަށް ބޯމަތިވަމުންދާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއި ވަނީ ވަރަށް ބޮޑަށް ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވެފައެވެ. ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޞާލިހާއިއެކު ދެން ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ