އިންތިޚާބުތަކާއި ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފަށަނީ

އިންތިޚާބުތަކާއި ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފަށަނީ

Author
އަޒްފާ ރަޝީދު
12 މާރޗް 2023 03:07
0

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖައްސައިފިއެވެ.

ރިޔާސީ އިންތިހާބަށް ލަފާދޭ ޤައުމީ ކޮމެޓީއަކީ ކަމާއި ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލާފައިވާ ކޮމެޓީއެކެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ދުރާލައި އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އިލެކްޝަނުން ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައި ބައްދަލުވުންތައް ބާއްވަމުންދެއެވެ. ނިމިދިޔަ 2018 ވަނަ އަހަރުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޤައުމީ ލަފާދޭ ކޮމެޓީ މާޗް މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްދުވަހު ބާއްވާފައެވެ.

މިފަހަރުވެސް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލާފައިވަނީ މިނިވަން 10 މުއައްސަސާއަކާއި، ސިޔާސީ 8 ޕާޓީއެއްގެ އިތުރުން 3 ޖަމްއިއްޔާއަކާއި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންވެސް ހިމަނައިގެންނެވެ.

ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފެށުމަށް ސިޔާސީ ޕާތީތަކަށާއި، މިނިވަން މުވައްސަސާތަކަށާއި، ޖަމްއިއްޔާތަކަށްވެސް ދައުވަތު ދެވިފައިވާކަމަށެވެ. ކޮމިޝަނުން މަސައްކަތް ކުރަނީ އެންމެންގެ އެއްބާރުލުމާއިއެކު މިއިންތިޚާބު މިނިވަންކަމާއިއެކު ގެންދިއުމަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރު ގައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.