މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި އެކްޓަރު ސޯނޫ ސޫދުގެ ފިލްމު "ފަތޭ" ޝޫޓިން ފަށައިފި އެވެ.
ފިލްމްގެ ލީޑުން ސޯނު ފެންނައިރުގައި މި ފިލްމް ކުރިން ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ މިއަހަރުގައިއެވެ. ނަމަވެސް ދިމާވި ސަބަބުތަކާއި ހުރި ފިލްމް މިއަހަރު ސިނަމާތަކަށް ގެނެސްފައިއެއް ނުވެއެވެ. މި ފިލްމް އިން ސޯނޫ އާއި އެކުގައި ޖެކުއަލިން ފެންނަ އިރުގައި މީ މިދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމްއެވެ.
މި އެކްޝަން ޑްރާމާ އަކީ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ސޯނޫ ހިއްސާވާ ފިލްމެކެވެ. އަބިނަންދަން ގުޕްތާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމު ހަދަނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.
49 އަހަރުގެ އެކްޓަރު އާންމުކޮށް ފެންނަނީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުންނެވެ. އެގޮތުން ނެގަޓިވް ގިނަ ރޯލްތަކެއް ސޯނޫ ކުޅެފައިވެ އެވެ. އަދި އެކްޝަންގެ އިތުރުން ގިނަ ކޮމެޑީ ރޯލުތަކުންވެސް އޭނާ ވަނީ ފެނިފައިއެވެ. ނަމަވެސް މިހާތަނަށް އޭނާ ފެނިފައިވަނީ ހުސް ސަޕޯޓިން ރޯލުތަކުންނެވެ.
ކޮމެންޓު ފޮނުވާ