މާދުރީ ގެ މަންމަ މަރުވެއްޖެ

މާދުރީ ގެ މަންމަ މަރުވެއްޖެ

Author
ފާތިމަތު ނާވީ
13 މާރޗް 2023 07:49
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްޝިތް ގެ މަންމަ ސްނޭހާލަތާ ޑިކްސިޓް މިއަދު މަރުވެއްޖެ އެވެ. އޭނާގެ އުމުރަކީ 90 އަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ޖަނާޒާ އޮންނާނީ  މެންދުރު ފަހު މުމްބާއީގައިއެވެ.

މުމްބާއިގައި އާއިލާގެ މީހުންގެ ގާތުގައި އޭނަ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އިންޑިއާ ޓުޑޭއިން ހިއްސާކުރި ޖޮއިންޓް ސްޓޭޓްމަންޓެއްގައި މަދޫރީ ޑިކްސިޓް އާއި އޭނާގެ ފިރިމީހާ ޝްރީރާމް ނޭނޭ ބުނީ އެމީހުންގެ ލޯބިވާ (މަންމަ) ސްނެހަލަތާ މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައިވަނީ  އޭނާގެ ލޯބިވާ މީހުން ވަށާލައިގެން ތިއްބައި ކަމަށެވެ.

 

View this post on Instagram

 

A post shared by Madhuri Dixit (@madhuridixitnene)

 

މިދިޔަ އަހަރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެއްބަނޑު އެއްބަފާ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ މަދޫރީ ވަނީ އޭނާގެ މަންމައާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި ތަރިއަކަށް ވުމަށް ފަހު ވެސް އޭނާގެ އާއިލާއިން އޭނާއާ މެދު ތަފާތު ގޮތަކަށް ކަންތައް ކޮށްފައެއް ނުވެ އެވެ. މަދޫރީ ބުނީ އޭނާގެ ތަރުބިއްޔަތަކީ ދުވަހަކުވެސް މަޝްހޫރުކަން އޭނާއަށް ނުލިބޭ ފަދަ ތަރުބިއްޔަތެއް ކަމަށެވެ.

މަދޫރީ އުފަންވެފައިވަނީ މުމްބާއީއަށެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 1984 ވަނަ އަހަރު "އަބޯދް" އިންނެވެ. ޝްރީރާމް ނޭނޭ އާއި 1999 ވަނަ އަހަރު ކައިވެނިކުރި މަދޫރީ ކައިވެންޏަށް ފަހު ވަނީ ފިލްމް ކުޅުމާއި ވަރަށް ފެޔަށްޖެހިފައިއެެ.  އެ ދެ މީހުންގެ ދެ ފިރިހެން ދަރިން ވެސް އެބަތިއްބެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.