އަންނަ މަހު 15 ގައި ބާއްވާ ރައްޔިތުން މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ ފަރާތުން ވާދަ ކުރުމަށް ތިން މީހަކު ކުރިމަތިލައިފިއެވެ.
އެމްޓީޑީން ބުނީ ގުރައިދޫ ދާއިރާއަށް ކުރިމަތިލާން ހުޅުވާލުމުން ކ. މާފުށީ 3 ޒުވާނަކު ޝައުގުވެރިކަން ފާޅުކޮއްފައި ވާކަމަށެވެ. އެމްޓީޑީން ވާނީ އެފަރާތް ތަކަށް ގަނޫނީ ރެކޯޑްތައް ސާފުކޮށް ޕާޓީ އަށް މިއަދު ހުށަހަޅަން އަންގާފައެވެ.
އެމްޓީޑީން ގުރައިދޫ ދާއިރާއަށް ކުރިމަތިލާން ހުޅުވާލުމުން ކ. މާފުށީ 3 ޒުވާނުން ވަނީ ޝައުގުވެރިކަން ފާޅުކޮއްފައި،
އެމްޓީޑީން ވާނީ އެފަރާތް ތަކަށް ގަނޫނީ ރެކޯޑް ތައް ސާފުކޮށް ޕާޓީ އަށް މިއަދު ހުށަހަޅަން އަންގާފައި،
މިއީ މާފުށީ ފަހަރު- މިއީ ޒުވާނުންގެ ފަހަރު !
އެމްޓީޑީ ކުރިއަށް!
— Maldives Third-Way Democrats (@MTDSecretariat) March 12, 2023
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ, 55, މި މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުވާލާފައިވާއިރު ގާނޫނު ބުނާގޮތުން ފޯމު ބަލައިގަތުމަށް އޮންނަ މުއްދަތަކީ ހުޅުވާލާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.
މި އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ ކ.ގުރައިދޫ، ފައިވްރޯޒް، އިބްރާހީމް ޝާޒްއެވެ. މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ބާއްވާ ދެވަނަ ފަހަރެވެ. ފުރަތަމަ ބައި-އިލެކްޝަން ބާއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުންނެވެ.
ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ހުސްްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެއެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅިއެވެ.