ސްޕޯޓިން އާއި އާސެނަލުގެ ކުރިމަތިލުން އެއްވަރު

ސްޕޯޓިން އާއި އާސެނަލުގެ ކުރިމަތިލުން އެއްވަރު

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2023 02:30
0

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ސްޕޯޓިންގ ލިޒްބަން އާއި އާސެނަލް ބައްދަލުކުރި ފުރަތަމަ ލެގް އެއްވަރު ވެއްޖެއެވެ.

ސްޕޯޓިންގގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމާލާ އުފައްދާފައިވަނީ އަސެނަލްއިންނެވެ. ނަމަވެސް މިއައެކުވެސް މިމެޗް އާސެނަލްއަށް ކާމިޔާބު ކުރެވެގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ އާސެނަލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިލިއަމް ސަލީބާއެވެ. ނަމަވެސް ސްޕޯޓިންގ އިން ވަނީ މެޗްގެ 34 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ގޮނަކާލޯ އިނާސިއޯއެވެ.

މި މެޗްގެ 55 ވަނަ މިނެޓްގައި ސްޕޯޓީންގ އިން ވަނީ މިމެޗްގެ ލީޑު ވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޕައުލީނިއޯއެވެ. މިމެޗްގައި އާސެނަލްއަށް މެޗްގެ ނަތީޖާ ހަމަހަމ ކުރެވުނީ މެޗްގެ 62 ވަަނަ މިނެޓްގައެވެ. މިލަނޑަކީ ސްޕޯޓިންގގެ މެދުތެރެއަށް ކުޅޭ ހިޑެސާމާ މޮރީޓާ އަތުނ ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިމެޗް އެއްވަރު ވުމުން ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު އާސެނަލްއަށް ބޮޑު ކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ދެވަނަ ލެގް މިއަންނަ ހަފްތާގައި އާސެނަލްގެ ދަނޑުގައި ކުޅުމެވެ. ނަމަވެސް މިމެޗްގައި ސްޕޯޓިންގ އިން ދެއްކި ކުޅުމާއެކު އެކަން ކުރުމަކީ އާސެނަލްއަށް ފަސޭހަ ކަމަކަސް ވެގެން ނުދާނެކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.